ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ވެސް ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ މަޖިލިސް ޖަލްސާ ވެސް ނިންމާލައިފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު އާއި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުމެވެ. އެ ސުވާލުތައް ކުރުމަށްފަހު މިއަދުގެ ޖަލްސާގައި ކުރާނެ އިތުރު މަސައްކަތެއް ނ...
އަލީ އާދިލް
ހއ. ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު މިއަދު ފާހަގަކޮށްފިއެވެ. ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު ފާހަގަކޮށްފައި ވަނީ އެ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ފަރާތުންނެވެ. މިއަދު އެކައުންސިލްގައި ވަނީ މިކަމަށް ޚާއްޞަ ކޭކެއް ފަޅާފައެވެ. މި ކަމަށް މިއަދު އެ ކައުންސިލްގައި ބޭއްވި ހަފްލާއެއްގައި ހޯރަފުށީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ހޯރަފުށީ ކައުންސިލުން ވަނީ އެ ކައުންސިލ...
ޔުމްނާ ޢަލީ
ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ކައުންސިލްތަކުންވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ. އެލްޖީއޭއިން މިގޮތަށް ބުނެފައިވަނީ، ހަތަރު ވަނަ ދައުރަށް ހުވާކުރެވުނު ކައުންސިލަރުންނާއި މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވިތާ އެއް އަހަރު މިއަދަށް ފުރުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ. އެބަޔާނުގައި ބުނެފައިވަނީ، ވޭތުވެ ދިޔަ އެއް އަހަރުގެ ތެރޭގައި ކައުންސިލްތަކުންވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިކަމަށާއި ލާމަރުކަޒީ ނިޒާމަށް...
އަލީ އާދިލް
މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ) އެވެ. އޭނާއަށް 27،163 ވޯޓު ލިބުނެވެ. ފަޔާ އާއި ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައިވަނީ 19،980 ވޯޓެވެ. އަންހެނުން ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި އައްޑޫ މީދޫ […]
ޔުމްނާ ޢަލީ
ކުޅުދުއްފުށީ އެއާޕޯޓްގެ ޚިދުމަތް ހުއްޓުމަށް އަޔަކަ ނުދެއްވާނެކަމަށް ނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވަނީ ކުޅުުދުއްފުށީ އެއާޕޯޓާއި ގުޅިގެން ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. ޖަމްޝީދު ފާހަގަ ކުރެއްވި ގޮތުގައި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެންމެ ޑިމާންޑް ބޮޑު އެއާޕޯޓަކީ ކު...
އަލީ އާދިލް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ބެނާ ހަރުކުރި މައްސަލާގައި އެގެއަށް ވަންނަން ކްރިމިނަލް ކޯޓުން ދިން އަމުރު ޔާމީންގެ ފަރާތްޕުޅު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން މިދިޔަ ރޯދަ މަހު ގެންދިޔައީ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެއްސަށް ވަދެ އެވެ. އެ އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގަތުމާ […]
ހުސައިން ހަބީބް
ހޯމަދުވަހުގެރޭ ކުޅުނުމެޗުން ނިއުކާސަލް އަތުން 2-0 ގެ ނަތީޖާއިން އާސެނަލް ބަލިވެ ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ. ލީގްގެ ފަހުމެޗްގައި ނޯވިޗްސިޓީ މެޗުން ޓޮޓެންހަމް 1 ޕޮއިންޓް ހޯދިޔަސް އާސެނަލްއަށް ގަދަ ހަތަރެއް ގެއްލޭނެއެވެ. ހޯމަދުވަހުގެރޭ ކުޅުނުމެޗުގައި ނިއުކާސަލް ލީޑުނެގީ 55 ވަނަ މިނިޓްގަ އެވެ. ޖޮއެލިންޓަން ނެގި ހުރަހެއް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ބެން ވައިޓް ޖައްސާލި ބޯޅަ ވަނީ ބައިކޮޅަށެވެ. ނިއުކާސަލް އިން ދެ ވަނަ ގޯލެއް ޖެހީ މެޗުގެ […]
އަލީ ރިޔާޟް
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ މިއަދަށް މިވީ ބަރާބަރު އަހަރު ދުވަހެވެ. ރައްޔިތުންގެ ބައިވެރިވުން ކުރިއަށްވުރެ މާބޮޑަށް ޝާމިލުވާ ގޮތަށް، ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒުކުރަން ފެށުމަކީ، އެދުވަހު ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެެދުވަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދިޔަ ދުވަހެއްކެވެ. ސަބަބަކީ، ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސި...
ތިލަދުން
ޢާއްމު ރައްޔިތުންނަށް އިންސާފަކީ ކޮބައިކަން ވިސްނިފައި އޮންނަ މިންވަރަށް ނަޒަރު ހިންގާލާއިރު ފެންނަމުންދާ ހަޤީޤަތަކީ، ޢާއްމު ރައްޔިތު މީހާ “އިންސާފު” މި ބަސް މާނަކުރަމުން ދަނީ ވަރަށް ހަނި ގޮތަކަށް ކަމެވެ. “އިންސާފު” މި ބަސް އޭގެ އެންމެ ފުޅާ މާނާގައި ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި ނެތްކަމެވެ. މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. މުޖުތަމަޢުގައި ހިމެނޭ ގިނަ ބަޔެއްގެ ވާހަކައެވެ. އިންސާފު ލިބުނީކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ ކުށް ކުރާ މީހަކީ ކުޑަކުއްޖަކަށް […]
ތިލަދުން
މީގެ 14 އަހަރު ކުރިން ހދ. ވައިކަރަދޫގައި ފޯރިއާއި އެކު ބާއްވަމުން އައި “ވިޒިޓް ވައިކަރަދޫ” ބޮޑު ޢީދު ދަތުރު ބާއްވަން ނިންމައިފި އެވެ. މީގެ ކުރިން އިލްހާރު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވައިކަރަދޫ ޔޫތު ކުލަބް (ވީވައިސީ) އިންނަނެވެ. މިއަހަރުގެ ބޮޑު އީދު އެރަށުގައި ފާހަގަ ކުރުމަށް ފޯރިގަދަ ކުޅިވަރުތަކާއި ގިނަ ހަރަކާތްތަކެއް ރާވަމުން އަންނަކަމަށް ވީވައިސީއިން މިނޫހަށް މަޢުލޫމާތުދެމުން ބުނެއެވެ. އީދު ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި [...
އަލީ އާދިލް
މޫސުން ގޯސްވެ، ތިލަދުންމަތިން ފެށިގެން ދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 12:00 އިން ފެށިގެން ފަތިހު 06:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް […]
އިބްރާހިމް އަސްވާޤް
މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީގެ ވިލިމާލޭ ދާއިރާގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި- އިލެކްޝަންގެ ރަސްމީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ. މިރޭ އިލެކްޝަން ކޮމިޝަން (އީސީ) ދާއިމީ ނަތީޖާ ޢިއުލާންކުރި އިރު، އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މިވޯޓު ދާއިމީ ނަތީޖާ ދައްކާގޮތުން މި އިންތިހާބު ކާމިޔާބުކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް، ފާޠިމަތު ނާޡިމާ (ފާތުން) އެވެ. ފާތުން އިންތިޚާބު […]
އަލީ އާދިލް
ނިމި ދިޔަ އެމްޑީޕީގެ އިންތިހާބުން ދޭހަވާ ކަންތައްތައް ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބުރޭ) ކިޔައިދެއްވައިފި އެވެ. އިބުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖްލިސް އިންތިހާބަށްފަހު މިސަރުކާރަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީކަމަށާއި ކޯވިޑް19ގެ ދަތި އުނދަގޫ ތަކާ އަދި މިޑް ޓާމް ތެރޭ އޮތް ސަރުކާރަކާ ބަލާ މިލިބުނު ކާމިޔާބީއަކީ ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަމުގަ އެވެ. މިއީ، މިސަރުކާރު ވަކިން ހާއްސަކޮށް ޕާޓީގެ […]
އަލީ އާދިލް
ހައި ސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ބޮޑުތިލަދުންމަތީގެ 06 ރަށެއްގައި ގާއިމް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އެ މަޝްރޫއުގެ ދަށުން ޕްލެޓްފޯމް ގާއިމް ކުރާނީ، ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަންފަރާއި ހއ. ދިއްދޫ އާއި ހއ. ހޯރަފުށި އަދި ހއ. ކެލާގައެވެ. ޕްލޭނިން މިނިސްޓްރީއިން އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތް […]
އަޙްމަދު ވަހީދު
ދަރިވަރަކު ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކ. އަތޮޅު ރަށެއްގެ ސްކޫލް ކުއްޖެއް ސްކޫލަށް މަސްތުވާތަކެތި ވެއްދި މައްސަލައެއްގެ ރިޕޯޓް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:34 ހާއިރުއެވެ. މި މައްސަލައާއިގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ޝިއުނާ އާދަމް
ހއ. ތަކަންދޫ ނެރުފައިކަށި އަޕްގްރޭޑް ކުރުމަށާއި، އެރަށު އުތުރު ކުޅި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. މިކަމަށް މިއަދު އޮތް ރަސްމިއްޔާތުގައި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓި...
ޔުމްނާ ޢަލީ
ކަރަންޓުގެ އަގަށް ބަރޯސާވުން ކުޑަކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލް) ކޯއިން ލަގްޒަރީ ހައުސިން އާއި އިޝްތިހާރު ކުރުމުގެ ވިޔަފާރިއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ކަރަންޓުގެ އަގަށް ބަރޯސާވުން ކުޑަކުރެވޭނީ އެ ކުންފުނިން އެހެން ވިޔަފާރިތައް ކޮށްގެން ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ފައިދާބޮޑު...
އަޙްމަދު ވަހީދު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލާގައި ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތަށް ވަކާލާތު ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. އާޒިމާގެ މައްޗަށް ކުރާ ދައުވާތަކުގައި ނިހާޔަތަށް ވަކާލާތު ކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނިންމާފައި ވަނިކޮށް އެ ނިންމުން ސުޕްރީމް ކޯޓުން ބަދަލުކުރީ ދައުލަތުން އެ ނުކުތާ އިސްތިއުނާފް ކުރުމުންނެވެ. އެއީ އާޒިމާގެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިއިރު ނިހާޔަތު ޑީޕީޖީއަކަށް […]
ހުސައިން ހަބީބް