މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލޭ ކަރަންކާގެ ކުރިމަތީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

''ރިޕޯޓު ލިބުނީ 21:23 ގައި'' އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ގޭގައި ރޯވި އަލިފާން 21:42 ގައި ނިއްވާލެވިފައިވާ ކަމަށެވެ.

މިރޭ ވެސް މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު ރޭ ހިނގި ހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މައުލޫމާތު އާންމު ކުރަށްވާފައެވެ.

ރޭ ދަންވަރު 12:27 ހާއިރު އެ ހާދިސާ ހިނގާފައިވަނީ މާލެ މާފަންނު ނިރުފެހި ގޭގެ އެންމެ ތިރީގައި ހުރި ގަރާޖުގައިއެވެ. މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހު 5:46 ގައި އެވެ.