ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ މައްސަލަ ބަލާ ގާޒީ ބަދަލުވެ އަދި މައްސަލާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ނެގި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރާ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިން ބެއްލެވީ ގާޒީ މުހައްމަދު މިސްބާހެވެ. އޭނާ ކުރިން ނިންމެވީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

Ad
rt

ފަހުން ހައި ކޯޓުން ނިންމާފައިވަނީ އެ މައްސަލަ އަލުން ބެލުމަށެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

އެ މައްސަލާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކުރިޔަސް، ދައުލަތުން އެދިގެން އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ. މީގެ ދެ މަސް ކުރިން ތާވަލްކުރި އަޑުއެހުން ވެސް ކެންސަލްކުރީ ދައުލަތުން އެދިގެންނެވެ.