ދިވެހި އަދަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ބަންގްލަދޭޝްގެ އަލަމްގީރުގެ މައްޗަށް އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފަ އެވެ.
އެއް ޖިންސުން ގުޅުން ހިންގި މައްސަލަ އާއި އެ މަންޒަރު ރެކޯޑްކުރި މައްސަލާގައި އަލަމްގީރު މިހާރު ވެސް ދަނީ ތިން އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ކްރިމިނަލް ކޯޓުން މިއަދު އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް އިއްވީ އެއް ޖިންސުން ގުޅުން ހިންގުމުގެ އިތުރު ހަ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ.
އެ ދައުވާތައް ސާބިތުވީ އޭނާގެ އަމިއްލަ އިއުތިރާފުންނެވެ.
އަލަމްގީރާ އެކު ގުޅުން ހިންގި މައްސަލާގައި ވަކީލް ނާޒިމް ސައްތާރާއި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު އާއި ކަސްޓަމްސް އޮފިސަރެއްގެ މައްޗަށް ވެސް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!