ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ. މި ޒިޔާރަތަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައިވެސް ކުރައްވާ ޒިޔާރަތެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރު އުފެދުނު ފަހުން ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތަކަށް މި ޒިޔާރަތް ވެގެންދާނެއެވ...
ޔުމްނާ ޢަލީ
އެމެރިކާގެ ޕިއު ރިސާރޗް ސެންޓަރުން ހެދި ދިރާސާއަކުން، އެ ދިރާސާ ކުރި 24 ޤައުމެއްގެ ގިނަ ބަޔަކު އިސްރާއީލާއި އަދި އެ ޤައުމުގެ ބޮޑުވަޒީރު ނަތަންޔާހޫ އާމެދު ނަފްރަތުގެ ނަޒަރިއްޔާތެއް ގެންގުޅޭކަމަށް ދައްކައިފިއެވެ. ޕިއު ރިސާރޗް ސެންޓަރުގެ މި ދިރާސާ ޝާޢިއުކޮށްފައި ވަނީ 3 ޖޫން 2025 ގައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޤައުމައް ވެސް ހިމަނައިގެން ހެދި މި ދިރާސާ އާންމުކޮށްފައި ވަނީ “ދިރާސާ ކުރެވުނު 24 ޤައުމުގެ ގިނަ މީހުން އިސްރާއީލާއި ނެތަންޔާހޫއާ މެދު […]
ޔުމްނާ ޢަލީ
ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ޑިއޯގޯ ޖޯޓާ އަދި އޭނާގެ ކޮށްކޮ އަންދްރޭ ސިލްވާ، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. މިކަން ބުރާސްފަތި ދުވަހު ސްޕެއިންގެ ފުލުހުން ކަށަވަރުކޮށްދީފައިވާއުރު، ސްޕެއިންގެ ސިވިލް ގާޑުން އެސޯސިއޭޓެޑް ޕްރެސްއަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އެ ޤައުމުގެ ހުޅަނގު އުތުރުގައިވާ ޒަމޯރާ ސިޓީ ކައިރީގައި، އެ ދެ ބެއިން ދުއްވި ކާރު ކޮންޓްރޯލް ނުވެގެންނެވެ. އޮތޯރިޓީތަކުން ފާހަގަކުރި ގޮތުގައި މި...
ޔުމްނާ ޢަލީ
ސައުދީ އަރަބިއްޔާ އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ ފަރާތުން 49.4 ބިލިއަން ސައުދީ ރިޔާލް (13,338,000,000 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާކަމަށް އެ ޤައުމުގެ ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. ސައޫދީ ޓޫރިޒަމް މިނިސްޓްރީން ފާހަގަކޮށްފައިވާގޮތުގައި މިއީ ސައުދީ އަރަބިއްޔާއިން ބޭރުގެ ފަތުރުވެރިން އެ ޤައުމުގައި ޚަރަދުކުރުމުގައި ރެކޯޑު އަދަދަދެކެވެ. މިގޮތުން ސައޫދީގައި ބޭރުގެ ފަތުރުވެރިން ކުރި ޚަރަދު 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 49.4 ބިލިއަން ސައުދ...
ޔުމްނާ ޢަލީ
އިސްރާއީލަށް އީރާނުގެ ނިއުކްލިއަރ މަރުކަޒުތައް ހަލާކުކޮށް ނުލެވުމުން ހަމަލާގައި ބައިވެރިވެ އީރާންގެ ނިއުކްލިއަރ ތިން ތަނަކަށް ހަމަލާދިނުމަށްފަހު އެތަންތަން ”ފުނޑުފުނޑުކޮށްލެވިއްޖެ”ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވިޔަސް، އެތަންތަން ނައްތާނުލެވޭކަން އެމެރިކާއިން އެންމެފަހުން އެއްބަސްވެއްޖެއެވެ. ރާގުބަދަލުކޮށް އެމެރިކާގެ ޕެންޓަގަނުން މިހާރު ބުނަނީ އެ ޤައުމުން އީރާނަށް ދިން ހަމަލާތަކުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއް އަހަރަށް ނުވަތަ ދެ އަހަރަށް ފަހަތ...
ޔުމްނާ ޢަލީ
ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއޭ)އަށް އީރާނުން އެއްބާރުލުންދިނުން ހުއްޓާލުމަށް ސަރުކާރަށް ލާޒިމުކުރާ ބިލު އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު ތަސްދީޤުކުރައްވައިފިއެވެ. އީރާނުގެ ރަސްމީ ޕްރެސް ޓީވީ އާއި އެހެނިހެން އީރާނީ ނޫސްތަކުން ވަނީ މިކަން ހާމަކޮށްފައެވެ. ފާއިތުވި ހަފްތާގައި އީރާނުގެ ޕާލިމަންޓުން ވަނީ އައިއޭއޭއާއެކު އެއްބާރުލުން ހުއްޓާލުމުގެ ބިލު ފާސްކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ އިޒްރޭލާއި އެމެރިކާއާއެކު ފަހަކަށް އައިސް ހިނގި ހަނގުރާމައިގެ ކުރިމަތިލުންތަ...
ޔުމްނާ ޢަލީ
ޖައްބާރު އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް 60 ދުވަހަށް ހުއްޓައިލުމަށް އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވަނީ ހަމާސްއަށް މި އެއްބަސްވުން ޤަބޫލުކުރުމަށް ގޮވާލައްވާފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ހަމާސްއިން އެ އެއްބަސްވުމަށް އިންކާރުކޮށްފިނަމަ ޣައްޒާ “އަޅިއަށް” ބަދަލުކޮށްލާނެކަމަށް އިސްރާއީލުން އިންޒާރުދީފައިވާކަމަށް ވެސް ރިޕޯޓުތަކުގައިކުގައި ބުނެއެވެ. އެކްސިއޮސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި އިސްރާއީލުގެ އިސް އޮފިޝަލެއް ބުނެފައި ވަނ...
ޔުމްނާ ޢަލީ
ތައިލެންޑްގެ ކޮންސްޓިޓިއުޝަނަލް ކޯޓުން، އެ ގައުމުގެ ބޮޑުވަޒީރު ޕެއޮންގްތާން ޝިނަވަތްރާ ވަގުތީ ގޮތުން މަޤާމުން ސަސްޕެންޑް ކޮށްފިއެވެ. ތައިލެންޑްގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ގޮތުގައި ބޮޑުވަޒީރުގެ މަގާމު ފުރުއްވަމުންގެންދަވާ ޕެއޮންގްތާންގެ މައްޗަށް ވަގުތީ ސަސްޕެންޝަނެއް އައީ ކެމްބޯޑިއާގެ އިސް ވެރިއަކާއެކު އޭނާ ކުރެއްވި ފޯނު މުޢާމަލާތެއްގެ ރެކޯޑިންގ ލީކްވުމާ ގުޅިގެން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ބަލަމުންދާ ތަޙްޤީޤެއްގެ ދަށުންނެވެ. ބިލިއަނަރު، ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސި...
ޔުމްނާ ޢަލީ
މެޓާގެ ސީއީއޯ މާކް ޒަކަބާގް، އޯޕަން އޭއައިގެ އިސް މުވައްޒަފުންތަކެއް ކުންފުންޏަށް ގެނައުމަށް ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ބައެއް ދިރާސާވެރިންނަށް 100 މިލިއަން ޑޮލަރުގެ ބޯނަސް އެއް އެކުންފުންޏަށް ސޮއިކުރާމަތިން ހުށައަޅާފައިވާއިރު އޭގެގެ އިތުރުން ބޮޑެތި އަދަދު ތަކުން މުސާރަ އާއި އިނާޔަތްތައްވެސް ހުށައަޅަމުން އަންނަކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ޝެންގްޖިއާ ޒާއޯ، ޝުޗާއޯ ބީ، ޖިއާހުއި ޔޫ އަދި ހޮންގްޔޫ ރެން މިހާރުވަނީ މެޓާގެ “ސުޕަރއިންޓެލިޖެންސް” ޓީމާ ގުޅ...
އަލީ އާދިލް
ޓެސްލާގެ ސީއީއޯ އެލޮން މަސްކަކީ އިންސާނަކަށް ލިބޭ އެންމެ ބޮޑު ސަބްސިޑީ ލިބޭ މީހާ ކަމަށާއި، ސަބްސިޑީ ނުލިބޭނަމަ މަސްކްގެ ވިޔަފާރިތައް ބަންދުކޮށް އަނބުރާ ދެކުނު އެފްރިކާއަށް ދާންޖެހިދާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އެފިޝެންސީ ޑިޕާޓްމަންޓުން ޓެސްލާގެ ވެރިޔާ މަސްކްގެ ކުންފުނިތަކަށް ލިބިފައިވާ ސަބްސިޑީތައް ބަލައި، ފެޑެރަލް ސަރުކާރަށް “ބޮޑު” އަދަދެއްގެ ފައިސާ ސަލާމަތް ކުރެވިދާނެ ކަމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި އޭނާގެ ވަރަށްގާތް އެކުވެރި...
ޔުމްނާ ޢަލީ
ޓެކްނޮލޮޖީ މަހުޖަނު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަދަދުގާރު އީލޮން މަސްކްގެ ސްޓާލިންކްގެ ޚިދުމަތް އީރާނުގައި މަނާކުރުމަށް އެ ޤައުމުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ. ހުޅަނގުގެ ޤައުމުތަކާ އީރާނުގެ ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން އުދުވާނީ ހަމަލާތަކަށްފަހު، އީރާނުގެ ޕާލިމެންޓުން ވަނީ އީލޮން މަސްކްގެ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޚިދުމަތް އެ ޤައުމުގައި މަނާކުރުމަށް ފާސްކޮށްފައިކަމަށް ނިއުސްވީކް އާއި އެހެނިހެން ބައެއް ބޭރުގެ ނޫސްތަކުން ރިޕޯޓ...
ޔުމްނާ ޢަލީ
ކަޒަކިސްތާނުގައި އާންމު ތަންތަނުގައި މޫނު ނިވާކުރާ ހެދުން އެޅުން މަނާކުރާ ޤާނޫނު އެ ޤައުމުގެ ރައީސް ކަސިމް-ޖޮމާޓް ޓޮކައެވް ތަސްދީދުކުރަށްވާފައިވާކަަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ މެދު އޭޝިއާގެ ގިނަ ޤައުމުތަކުން އިސްލާމީ ހެދުމުގެ ބައެއް ބާވަތްތައް މަނާކުރުމުގެ ޓްރެންޑަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި “މޫނު ދެނެގަތުމަށް ހުރަސްއެޅޭ” ހެދުން އާންމު ތަންތަނުގައި އެޅުން މަނާކުރެވޭނެއެވެ. ނަމަވެސް ޞިއްޙީ ބޭނުންތަކަށާއި، މޫސުން ގޯސްވ...
ޔުމްނާ ޢަލީ
އިޒްރޭލުގެ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން މަނާކުރާ ޤާނޫނެއް ފާސްކުރި ފުރަތަމަ ޔޫރަޕިއަން ޤައުމަކަށް އަޔަލޭންޑް ވެއްޖެ އެވެ. އަޔަލޭންޑް ސަރުކާރުން އިޒްރޭލުގެ ޤާނޫނީ ނޫން އާބާދީތަކުން އެތެރެކުރާ މުދާ މަނާކުރުމުގެ ޤާނޫނެއް ފާސްކުރުމަށް ނިންމާފައިމިވަނީ، ހައްދުފަހަނަ އެޅި އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރަން ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މި ޤާނޫނުގެ އާންމު އޮނިގަނޑު ވަނީ މިމަހުގެ 25 ވަނަ ދުވަހު އަޔަލޭންޑްގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮ...
އިބްރާހިމް އަސްވާޤް
މިއަހަރު ފެށުނު ފަހުން ވެސް، ވެސްޓް ބޭންކުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންގެ 1،000 ގެ ހައްދު ފަހަނަ އެޅި އިސްރާއީލުން ތަޅާލާފައިވާކަމަށް މީޑިއާ ރިޕޯޓު ތަކުން ބުނެފި އެވެ. ފަލަސްތީނުގެ މީޑިއާ ކޮމިޓީތަކުން ހާމަކުރި ރިޕޯޓުތަކުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި އޮކިއުޕައިޑް ވެސްޓް ބޭންކުގެ އެއް ހާހަށްވުރެ ގިނަ ފަލަސްތީނުންގެ ގެދޮރު ހަލާކުކޮށް، 55 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާކަމަށް ބުނެފައިއެވެ. އިސްރާއީލު ސިފައިންގެ މި...
އަލީ އާދިލް
އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޮނުވާ ގޮދަންފުށުގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ބާރުގަދަ ބޭހެއް ފެނިއްޖެއެވެ. ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި އެމެރިކާއިން އެހީގެ ގޮތުގައި ބެހި ފުށް ކޮތަޅުތަކުގެ ތެރެއިން “އޮކްސީކޯޑޯން” ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. މިއީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް ދޭ ތަދުކަނޑުވާ ބޭހެކެވެ. މި ބޭސް، ބޭސް ފިހާރަތަކުންވެސް ދޫކުރަނީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުންނެވެ. އޮކްސީކ...
އަޙްމަދު ވަހީދު