ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ޑިއޯގޯ ޖޯޓާ އަދި އޭނާގެ ކޮށްކޮ އަންދްރޭ ސިލްވާ، ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

މިކަން ބުރާސްފަތި ދުވަހު ސްޕެއިންގެ ފުލުހުން ކަށަވަރުކޮށްދީފައިވާއުރު، ސްޕެއިންގެ ސިވިލް ގާޑުން އެސޯސިއޭޓެޑް ޕްރެސްއަށް ދިން މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ އެ ޤައުމުގެ ހުޅަނގު އުތުރުގައިވާ ޒަމޯރާ ސިޓީ ކައިރީގައި، އެ ދެ ބެއިން ދުއްވި ކާރު ކޮންޓްރޯލް ނުވެގެންނެވެ. އޮތޯރިޓީތަކުން ފާހަގަކުރި ގޮތުގައި މި ހާދިސާގައި ބޭނުންކުރި ކާރަކީ ލެމްބޯގިނީއެކެވެ. އަދި އެކްސިޑެންޓާ ގުޅިގެން ކާރުގައި އަލިފާން ރޯވެފައިވެއެވެ.

Ad
rt

މި ހާދިސާ ހިނގި ސަރަޙައްދުގައި އަލިފާން ފެތުރެމުންދިޔުމާ ގުޅިގެން ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. މެންދަމުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓުގެ ސަބަބުތައް ދެނެގަތުމަށް ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދާއިރު، ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި އެހެން އެއްވެސް އުޅަނދެއް ހިމެނިފައެއް ނުވެއެވެ. އަދި މަރުވި ފަރާތްތަކުގެ ހަށިގަނޑުތައް ފޮރެންސިކް ތަޙުލީލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ކާރު ދުއްވަމުން ދިޔައީ ކާކުކަން އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ބިނާކޮށްފައިވަނީ ޓަޔަރެއް ގޮވުމުގެ ސަބަބުން މި އެކްސިޑެންޓް ހިނގި ކަމުގެ މައްޗަށްކަމަށް ރިޕޯޓްތައް ބުނެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ޒަމޯރާއިން ހުޅަނގަށް ގާތްގަނޑަކަށް އެއް ގަޑިއިރު ދުރުގައިވާ އެކަހެރި މަގެއްގައެވެ.

28 އަހަރުގެ ޑިއޯގޯ ޖޯޓާ އަދި އޭނާގެ 25 އަހަރުގެ ކޮށްކޮ އަންދްރޭ ސިލްވާ، މި ދެ ޕޯޗުގީޒް ކުޅުންތެރިން ވެސް ކާރުގައި ތިބިކަން ކަށަވަރުވެފައިވެއެވެ. ޖޯޓާގެ މަރުވެފައި ވަނީ އޭނާގެ ލޯބިވެރިޔާއާއި ކައިވެނިކޮށް، "އާނއެކެވެ، އަބަދަށް" މިހެން ސޯޝަލް މީޑިއާގައި ލިޔުމަށްފަހު ހަފްތާތަކެއް ފަހުންނެވެ. އެ ދެ މީހުންގެ ތިން ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ އުފަންވީ މިދިޔަ އަހަރުއެވެ.

ޖޯޓާގެ ކޮށްކޮ ސިލްވާ ކުޅުނީ ޕޯޗުގަލްގެ ޕެނަފީލް ކްލަބަށް، ދަށު ޑިވިޜަންތަކުގައެވެ.

މިހާދިސާއާއި ގުޅިގެން ލިވަޕޫލުން ބުނީ މި ހިތާމަވެރި މަރުވުމުން ކްލަބް ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ. ޖޯޓާ ލިވަޕޫލާ ގުޅުނީ 2020 ގައި ވޯލްވްސް އިންނެވެ. އަދި މަރސީސައިޑް ކްލަބާއެކު ތިން މުހިންމު މުބާރާތް ކާމިޔާބުކުރިއެވެ - މީގެ ތެރޭގައި މިދިޔަ ސީޒަންގައި ޕްރިމިއަރ ލީގު ޗެމްޕިއަންކަން ހިމެނެއެވެ.

ޕޯޗުގީޒް ފުޓްބޯޅަ ފެޑެރޭޝަނުން މި ހާދިސާއާއި ގުޅިގެން ހިތާމައިގެ ބަޔާނެއް ވަނީ ނެރެފައެވެ. ފެޑެރޭޝަންގެ ރައީސް ޕެޑްރޯ ޕްރޮއެންސާ ވިދާޅުވީ ޕޯޗުގީޒް ފުޓްބޯޅަ "މުޅިން ހަލާކުވެފައިވާ" ކަމަށެވެ. ޕޯޗުގީޒް ފެޑެރޭޝަނުން ބުނެފައިވަނީ ސުވިިޓްޒަލޭންޑުގައި ކުޅެމުންދާ އަންހެނުންގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ބުރާސްފަތި ދުވަހު ޕޯޗުގަލާއި ސްޕެއިން ދެމެދު ކުޅޭ މެޗުގެ ކުރިން އެއް މިނެޓުގެ ހަނުހިމޭންކަމުގެ ސްކޫތެއް ގެނައުމަށް އެދިފައިވާ ކަމަށެވެ. ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިސް މޮންޓެނެގްރޯ މި "ކުއްލި އަދި ހިތާމަވެރި" މަރުވުންތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަވެއެވެ. އޭނާ ވިދާޅުވީ ޖޯޓާއަކީ "ޕޯޗުގަލްގެ ނަން ވަރަށް ބޮޑަށް ޝަރަފުވެރިކުރި ކުޅުންތެރިއެއް" ކަމަށެވެ.

"އަހަރެން އެމީހުންގެ ޢާއިލާއަށް އެންމެ ފުން ހިތާމަ ފާޅުކުރަން، މިއީ ފުޓްބޯޅައަށާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރަށް ހިތާމަވެރި ދުވަހެކެވެ." އޭނާ ވިދާޅުބެފަވެއެވެ.

ފުޓްބޯޅަ ދުނިޔެއިން ވެސް މިހިތާމާގައި ބައިވެރިވެފައިވާއިރު ޕްރިމިއަރ ލީގުން ބުނެފައިވަނީ އެކަމުގެ ސަބަބުން ޝޮކެއް ލިބިފައިވާ ކަމަށެވެ. ޔުއެފާއިން ބުނެފައިވަނީ އެލަމާއި ވަރަށް އަސަރުކޮށްފައިވާކަމަށާއި، ޢާއިލާތަކަށާއި، ރަޙްމަތްތެރިންނަށާއި، އަދި ޓީމުގެ އެކުވެރިންނާއެކު ވާ ކަމަށެވެ. އެމީހުން ބުނެފައިވަނީ ބުރާސްފަތި އަދި ހުކުރު ދުވަހު ކުޅޭ ޔޫރޯ 2025 ގެ މެޗުތަކުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެންނަން ނިންމާފައިވާ ކަމަށެވެ.