އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން އެމެރިކާގެ ޑިޕްލޮމެޓިކް ކޯރ އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި، ޚަރަދުކުޑަކޮށް މަސައްކަތް ހަރުދަނާކުރުމަށްކަމަށް ބުނެ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން 1،350 އަށްވުރެ ގިނަ މުވައްޒަފުން މިދިޔަ ހުކުރު ދުވަހު ވަޒީފާއިން ވަކިކުރަން ފަށައިފިއެވެ. މިކަމަކީ އެމެރިކާގެ މަޞްލަޙަތުތައް ދިފާޢުކޮށް ކުރިއެރުވުމުގެ ޤާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މި ވަކިކުރުންތަކުގެ ސަބަބުން އެމެރިކާ...
ޔުމްނާ ޢަލީ
ޓެކް ބިލިއަނަރު އެލޮން މަސްކްގެ ކުންފުނި، އެކްސް ނުވަތަ އެ ކުންފުނީގެ އިސްވެރިން، އެލްގޮރިދަމްތަކާއި ޑޭޓާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، މި މައްސަލައިގެ ޖިނާއީ ތަޙްޤީޤެއް ހިންގުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ފްރާންސްގެ ޕެރިސްގެ ޕްރޮސެކިއުޓަރ އޮފީހުން ހުކުރު ދުވަހު ބުނެފިއެވެ. މި ފިޔަވަޅަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކުވެރިއެއް ކަމުގައިވާ މަސްކްއަށް ކުރިމަތިވާ އިތުރު ފިއްތުންތަކެކެވެ. މި މައްސަލައާ ގުޅިގެން ފްރާންސްގެ ފުލުހުންނަށް މަސްކް އަދި...
ޔުމްނާ ޢަލީ
ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާއަކީ ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ޤައުމަށް ވާނެކަމަށް އިންޑިއާގެ ”އިންޑިއާ.ކޮމް” ގައި ޕިއު ރިސަރޗް ސެންޓަރުގެ ފަހުގެ ރިޕޯޓަކާއި ހަވާލާދީ ޝާޢިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މުސްލިމް އުންމަތަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް އާބާދީ އިތުރުވަމުންދާ ދީނީ ޖަމާޢަތެވެ. 2010 އާއި 2020 އާ ދެމެދު ދުނިޔޭގެ އާބާދީގައި ކްރިސްޓިއަން ދީނުގެ ނިސްބަތް ދަށްވެފައިވާއިރު، މި ދަށްވުމާއެކުވެސް ކްރިސްޓިއަން ދީނަކީ އަދިވެސް ދުނި...
ޔުމްނާ ޢަލީ
އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ހެކަރުންގެ ހަމަލާތަކުން ރައްކާތެރިވުމަށް ގޫގުލްއިން އައު ދެ ފީޗަރއެއް ތަޢާރަފުކޮށްފިއެވެ. ދެ ފީޗަރ އާއި އެކު މިއީ އެންޑްރޮއިޑް ބޭނުންކުރާ 3 ބިލިއަނަށްވުރެ މީހުންނަށް ހެކަރުންގެ ކިބައިން ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ގޫގްލް އިން ނެރުނު ފުރަތަމަ ފީޗަރއަކީ “އެޑްވާންސްޑް ޕްރޮޓެކްޝަން” އެވެ. މި ފީޗަރ މެދުވެރިކޮށް ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ރިސްކް ޕްރޮފައިލްއާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް ބައްޓަންކުރެވޭނެއ...
ޔުމްނާ ޢަލީ
އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ ވަދޯދަރާގައި ހުރި ގަމްބިރާ ބުރިޖު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި އެވެ. ވަދޯދަރާ އަދި އަނަންދް ގުޅުވައިދޭ މި ބުރިޖުގެ ބައެއް މަހިސާގަރު ކޯރަށް ވެއްޓުނީ އިއްޔެ ހެނދުނު 7:30 ހާއިރުއެވެ. މި ހާދިސާގައި ދެ ޓްރަކާއި، ބޮލެރޯއެއް އަދި ޖީޕެއް ކޯރަށް ވެއްޓިފައިވެއެވެ. މި ހާދިސާގައި އަދިވެސް 4 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މީހުން ހޯދުމަށް ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް […]
އަލީ އާދިލް
ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލަމުންދާ އަނިޔާއަށް އަވަސް ހައްލެއް ހޯދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައްތައްކަމަށް ބަޔާންކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހޭ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. މި ގޮވައިލުން ގޮވައިލެއްވީ، ސެނެގާލްގެ ވެރިރަށް ޑާކާރގައި މި ފަހުން ބޭއްވި “ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް” ގައި ދިވެހިރާއްޖެ ތަމްސީލްކުރައްވައި، އޯ.އައި.ސީ. (އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން) އާއި ސައުދީ އަ...
ޔުމްނާ ޢަލީ
ދުނިޔޭގެ މަޝްހޫރު އެއަރލައިން އެމިރޭޓްސް އިން ޑިޖިޓަލް ފައިސާގެ ދުނިޔެއަށް ބޮޑު ފިޔަވަޅެއް އެޅުމަށް ތައްޔާރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރޮއިޓަރޒް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމިރޭޓްސްއިން ވަނީ ކްރިޕްޓޯ.ކޮމް އާއެކު އިބްތިދާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، އެމިރޭޓްސްއިން ދޭ ޓިކެޓާއި އެހެނިހެން ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް ފަސިންޖަރުންނަށް ކްރިޕްޓޯކަރަންސީ ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެމިރޭޓްސްގެ މައި ކުންފުނިން ލަފާކުރާ ގޮތުގައި، މި ޕ...
ޔުމްނާ ޢަލީ
މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުމަކީ “މޮޔަ ކަމެއް” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ. ޓްރަމްޕް މިފަދައިން ވިދާޅުވީ، މަސްކް އައު ސިޔާސީ ޕާޓީއެއް އުފައްދާނެ ކަމަށް އިޢުލާންކުރި ދުވަހުގެ އަނެއް ދުވަހުއެވެ. އެމެރިކާގެ ނިއު ޖާރސީގައި ހުންނަ އޭނާގެ ގޯލްފް ކްލަބަށް ޒިޔާރަތްކުރުމަށްފަހު ވޮޝިންގްޓަނަށް އެނބުރި ދިޔުމަށް އެއަރ ފޯސް ވަން އަށް އަރަމުން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވަނީ މަސްކްގެ ވިޔަފާރީގެ މަސް...
ޔުމްނާ ޢަލީ
އެމެރިކާގެ ޓެކްސަސް ސްޓޭޓްގައި ދުވަހު ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު 67 އަށް އަރައިފިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 21 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު ކަމަށް ބެލެވޭ ސަމަރ ކޭމްޕެއްގެ އަންހެން ކުދިން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ތިންވަނަ ދުވަހަށް ދިގުދެމިފައެވެ. އެންމެ ބޮޑަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ޓެކްސަސް ހިލް ކަންޓްރީގެ ކެރް ކައުންޓީގެ ޝެރިފް ލެރީ ލެއިތާ ވިދާޅުވި ގޮތުގައި، އެ ކައުންޓީގައި އެކަނިވެސް […]
ޔުމްނާ ޢަލީ
ބްރަސަލްސް، ބެލްޖިއަމް: ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިސްރާއީލާ ދެމެދު ވެފައިވާ އެސޯސިއޭޝަން އެގްރީމެންޓާ އިސްރާއީލުން ޚިލާފުވެފައިވާތީ، އެކަމާ ގުޅޭގޮތުން އީޔޫގެ ބޭރުގެ ސިޔާސަތުގެ އިސްވެރިޔާ، މެމްބަރު ޤައުމުތަކަށް 5 އޮޕްޝަނެއް ހުށަހަޅާނެ ކަމަށް ޔޫރޯނިއުސްއިން ބުނެފިއެވެ. ޣައްޒާއާއި ވެސްޓް ބޭންކުގައި އިސްރާއީލުން އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާކަން އީޔޫއަށް ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފަވެއެވެ. ޔޫރޯނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣަ...
ޔުމްނާ ޢަލީ
ޓިކްޓޮކްއާ ގުޅޭ މުހިންމު އެއްބަސްވުމަކާ ބެހޭގޮތުން މި ހަފްތާގެ ތެރޭގައި ޗައިނާއާއެކު މަޝްވަރާތައް ފަށާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ”އެއަރ ފޯސް ވަން” މަތީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މި މަޝްވަރާތަކަކީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. “އަޅުގަނޑުމެން ހޯމަ ނުވަތަ އަންގާރަ ދުވަހު ޗައިނާއާ، ފަހަރުގައި ރައީސް ޝީ ނުވަތަ އެ...
ޔުމްނާ ޢަލީ
ނާސާގެ އެސްޓްރޮނޯޓު ނިކޯލް އެޔާސްގެ އެކްސް އެކައުންޓްގައި އާންމު ކުރި ފޮޓޯ އަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ. މިމަހުގެ 3 ވަނަ ދުވަހު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އެމެރިކާ އާއި ބުރެޒިލް މަތިން ދަތުރު ކުރަމުން ދަނިކޮށް އެޔާސް ނެގި މި ފޮޓޯ އެންމެ ފުރަތަމަ އާންމު ކުރުމާއި އެކު، އެ ފޮޓޯ އަކީ އޭއައި ޖެނެރޭޓަޑް ފޮޓޯ އެއް ކަމަށް ގިނަބަޔަކު ބުނެ ފާޑު ކިޔާފައިވެއެވެ. ނަމަވެސް އެއީ، އާންމުކޮށް ނުފެންނަ ނާދިރު […]
އަލީ އާދިލް
ރިޕަބްލިކަން ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ މައިގަނޑު ކެމްޕޭން ފައިނޭންސަރު ކަމުގައިވާ އެލޮން މަސްކް އާ ދެމެދު އޮތް ގުޅުން އިތުރަށް ރެނދުލައި ގޯސްވެއްޖެއެވެ. މިފަހަރު އެކަން ވެގެން ދިޔައީ، ޓްރަމްޕްގެ “ބޮޑު، ރީތި” ޓެކްސް ބިލުން އެމެރިކާ ބަނގުރޫޓުވާނެ ކަމަށް ބުނެ، ސްޕޭސް އަދި އޮޓޮމޮބައިލް ދާއިރާގެ ބިލިއަނަރު މަސްކް އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިޢުލާނުކުރުމާ ގުޅިގެންނެވެ. މަސްކް މިކަން ހާމަކުރީ ހޮނިހިރު ދުވަހު އޭނާގެ އެކްސް ޕްލެޓްފޯމުންނެވެ. އޭނާ ވަނީ ފުރަތަމަ […]
ޔުމްނާ ޢަލީ
ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި އިއްޔެވެސް 42 ފަލަސްތީނުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ހާދިސާގައި ޝަހީދުވި މީހުންގެ ތެރޭގައި ޑޮކްޓަރަކާއި އޭނާގެ ތިން ދަރިންވެސް ހިމެނެއެވެ. މި ހަމަލާތަކުގެ ތެރެއިން އެންމެ ހިތާމަވެރި އެއް ހަމަލާއަކީ އިސްރާއީލުން “އިންސާނީ ސަރަޙައްދު” އެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލް-މަވާސީ ސަރަޙައްދުގައި ހުރި ޓެންޓަކަށް ދިން ހަމަލާއެކެވެ. މި ހަމަލާގައި ޑޮކްޓަރ މޫސާ ހަމްދާން ޚަފާޖާ އާއި އޭނާގ...
ޔުމްނާ ޢަލީ
އިސްރާއީލުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ އެންމެ އިސް ކޮމާންޑް ސެންޓަރުގެ ލީޑަރު އަލީ ޝަދުމާނީ އިސްރާއީލުން ޝަހީދުކޮށްލީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅާފައި ވަނިކޮށްކަމަށް އޭނާގެ ދަރިފުޅު މަހްދިއްޔާ ޝާދްމާނީ ބުނެފިއެވެ. އީރާނުގެ ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރުގެ ކޮމާންޑަރުމަގާމަށް ޢަލީ ޝާދްމާނީ ޢައްޔަނުކުރެވުނީ އެ މަގާމުގައި ކުރިން ހުންނެވި ޣުލާމް ޢަލީ ރަޝީދު އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުކޮށްލުމުންނެވެ. ނަމަވެސް ޢަލީ ޝާދްމާނީ އެމަގާމަށް ޢައްޔަނުކުރިތާ އެންމެ ހަތަރު...
ޔުމްނާ ޢަލީ