ޖައްބާރު އިސްރާއީލުން ޣައްޒާގައި ދެމުން އަންނަ ހަމަލާތައް 60 ދުވަހަށް ހުއްޓައިލުމަށް އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ވަނީ ހަމާސްއަށް މި އެއްބަސްވުން ޤަބޫލުކުރުމަށް ގޮވާލައްވާފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ހަމާސްއިން އެ އެއްބަސްވުމަށް އިންކާރުކޮށްފިނަމަ ޣައްޒާ "އަޅިއަށް" ބަދަލުކޮށްލާނެކަމަށް އިސްރާއީލުން އިންޒާރުދީފައިވާކަމަށް ވެސް ރިޕޯޓުތަކުގައިކުގައި ބުނެއެވެ.
އެކްސިއޮސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި އިސްރާއީލުގެ އިސް އޮފިޝަލެއް ބުނެފައި ވަނީ ރަފާހަށް ހެދިގޮތަށް ޣައްޒާ ސިޓީ އަށް ވެސް ހަދާނެކަމަށާއި، މުޅި ޣައްޒާ އަޅިއަށް ހަދާލާނެކަމަށެވެ.
"އަހަރެމެން ރަފާހަށް ކަންކުރިގޮތަށް ޣައްޒާ ސިޓީއާއި މެދު ކަންތައްކުރާނަށް، ހުރިހާ އެއްޗެއް އަޅިއަށް ބަދަލުކޮށްލާނަން" އޭނާ ބުނެފަވެއެވެ.
މި ހަނގުރާމައިގައި މިހާތަނަށް 56,647 ފަލަސްޠީީނު ރައްޔިތުން ޝަހީދުވެ، 134,105 މީހުން ޒަޚަމްވެފައިވާކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނެއެވެ. އަދި އޮކްޓޯބަރު 7 ގެ ހަމަލާގައި އިސްރާއީލުގެ 1,139 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!