ލޭބަރ ޕާޓީން އިނގިރޭސިވިލާތުގެ އިންތިޚާބުގައި ބޮޑު މަޖޯރިޓީއެއް ހޯދައިފި
އިނގިރޭސިވިލާތުގައި ބޭއްވުނު ކުއްލި އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު މަޖޯރިޓީއެއް ހޯދައިފިކަމަށް އެގްޒިޓް ޕޯލްގެ ނަތީޖާއިން ދައްކައިފިއެވެ. އިއްޔެ ބޭއްވުނު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ. އިނގިރޭސި ބްރޯޑްކާސްޓަރުންނަށް އައިޕީއެސްއޯއެސް ޔޫކޭއިން ތައްޔާރުކޮށްދިން އެގްޒިޓް ޕޯލްގައި ދައްކާގޮތުން، ލޭބަރ ޕާޓީއަށް ޕާލިމަންޓުގައި 170 ގޮނޑީގެ މަޖޯރިޓީއެއް ލިބޭނެއެވެ. މިއީ 14 އަހަރު ދުވަހު ކޮންޒަވޭޓިވް ޕާޓީގެ ވެރިކަން ނިމުމަކަށް އައުމެވެ. ވޯޓުލުނ...