ދެކުނު އެމެރިކާގައި މަދުވެގެން 4000 އަހަރު ކުރިން ދިރިއުޅެފައިވާ ގެއްލިފައިވާ ސަގާފަތެއްގެ ހެކި ފެނިފައިވާކަމަށް އާކިއޮލޮޖިސްޓުން ހާމަކޮށްފިއެވެ.
ވެނެޒުއެލާގެ ތަފާތު ކުލަތަކުން ކުރަހާފައިވާ ކުރެހުންތަކެއް ފެނިފައިވަނީ އެ ގައުމުގެ ތަނބުޅި ފަރުބަދައަކުންނެވެ. މި ކުރެހުންތަކުގައި ހިމެނެނީ ނުކުތާތަކުގެ ނަމޫނާތަކާއި، ގަސްގަހާގެހީގެ ފަތްތަކުގެ ނަމޫނާތަކާއި އަދި އިންސާނުންގެ ސިފައިގައި ކުރަހާފައިވާ ކުރެހުންތަކެކެވެ.
މި ކުރެހުންތަކަކީ އޭރުގެ ސިއްރު އާދަކާދަތަކާ ގުޅުން ހުރި އެއްޗެހި ކަމަށް ބެލެވެއެވެ.
މި ދިރާސާގެ އިސް ފަރާތް ކަމުގައިވާ ޖޯސޭ މިގުއެލް ޕޭރެޒް-ގޯމެޒް ޑެއިލީ މެއިލަށް ބުނެފައިވާ ގޮތުގައި، މީގެ ކުރިން ކުރެވުނު ދިރާސާތަކުން އެ ސަރަހައްދުގައި އިންސާނުން ދިރިއުޅުނު ކަމުގެ އެއްވެސް ހެއްކެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން މި ކުރެހުންތަކަކީ މީގެ ކުރިން ނޭނގޭ ސަގާފަތަކުން ކުރަހާފައިވާ އެއްޗެހި ކަމަށް ބެލެވެއެވެ.
އަލަށް ފެނުނު މި ސަގާފަތާއި އެހެން ސަގާފަތްތަކާ ހުރި ތަފާތު ދެނެގަނެވިފައިވަނީ ހަމައެކަނި އެ ސަރަހައްދުގެ އެހެން ތަންތަނުގައި ފެންނަ ކުރެހުންތަކާ އަޅާކިޔައިގެންނެވެ. އެހެންކަމުން މިއީ އެ ސަގާފަތް ފެށުނު ތަން ކަމަށް ވެސް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!