އިނގިރޭސި ވިލާތުގެ އިދިކޮޅު މައިޕާޓީ ލޭބާރ ޕާޓީ ވެރިކަމަށް އަތުވެއްޖެނަމަ އިނގިރޭސި ކޮންމެ އާއިލާއަކަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެއްޖެއެވެ.
ރިޝީ ސުނަކް މިހެން ވިދާޅުވީ އިންތިޚާބުގެ ކެމްޕެއިންގެ އެންމެފަހު ދުވަހު ވޯޓަރުންނާ މުޚާޠަބުކޮށް ދެއްވި ތަޤްރީރުގައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ އާދިއްތަ ދުވަހު ބޭއްވޭ އިންތިޚާބުގައި ކޮންޒަވޭޓިވް ޕާޓީއަށް ވޯޓު ދިނުމަށް ރައްޔިތުންނަށް ގޮވާލައިފައެވެ.
އިންތިޚާބުގެ ފަހު ދުވަހު ހެމްޝަޔަރގައި ދެއްކި ވާހަކައެއްގައި ސުނަކް ވަނީ ލޭބަރ ޕާޓީ ވެރިކަމަށް އައުމުން ބްރިޓެއިނަށް ކުރިމަތިވެދާނެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމަށް ގޮވާލައިފައެވެ.
ލޭބަރ ޕާޓީ އިންތިޚާބުގައި ކާމިޔާބުވާނެ ކަމަށް ހުރިހާ ސާވޭތަކުން ދައްކާއިރު، ސުނަކް ވަނީ އިންތިޚާބުގެ ނަތީޖާ ނިމިފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި ކޮންޒަވޭޓިވް ޕާޓީއިން ތަޢުލީމީ ދާއިރާއާއި ދިފާޢީ ދާއިރާގައި ކުރި މަސައްކަތްތަކާއި، 2008 ގެ މާލީ ހީނަރުކަމުން އަރައިގަތުމަށް އަދި ކޮވިޑް-19 އަށް އިޖާބަދިނުމުގައި ކުރި މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.
ސުނަކް ވަނީ ކޮންޒަވޭޓިވް ޕާޓީއާމެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތައް ޤަބޫލުކޮށް، އެހެންނަމަވެސް މާދަމާ ބޭއްވޭ އިންތިޚާބަކީ މާޒީއާ ބެހޭ ރެފަރެންޑަމެއް ނޫންކަމަށާއި، ޤައުމުގެ މުސްތަޤްބަލާ ބެހޭ ނިންމުމެއްކަން ފާހަގަކޮށްފައެވެ. އަދި ލޭބަރ ޕާޓީ ވެރިކަމަށް އައުމުން ކޮންމެ އާއިލާއަކަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް އޭނާ ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!