ހުޅަނގު އައްސޭރީގައި އިޒްރޭލުން ގަދަބާރުން ޔަހޫދީންނަށް ގެދޮރު އަޅަން ނިންމުމުން ސައުދީން އެކަން ކުށްވެރިކޮށްފި
ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒްރޭލުން ގަދަބާރުން ޔަހޫދީންނަށް ގެދޮރު އަޅަން ނިންމުމުން ސައުދީ އަރަބިއްޔާ އިން އެކަން ކުށްވެރިކޮށްފިއެވެ. އިޒްރޭލުގެ ކެބިނެޓުން މިދިޔަ ހަފްތާގައި ވަނީ އިޒްރޭލުން ގަދަ ކަމުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުން ފުޅާ ކުރަން ފާސްކޮށްފައެވެ. ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ އެ ނިންމުމަކީ އިޒްރޭލުން ބައިނަލް އަގްވާމީ ގާނޫނުތަކާއި، ކަމާ ބެހޭ ގޮތުން ފާސް ކޮށްފައިވާ...