މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:00 އިން 01:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (20:35 އިން 02:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 68 ވަނަ ޞަފްޙާ

ފަތްކެޔޮ ގަހުގެ ފަތް ދޮންވުމާއި އެނދުން - ހުބާ ޕްލާންޓްސް

ފަތްކެޔޮ ގަހުގެ ފަތް ދޮންވުމާއި އެނދުން - ހުބާ ޕްލާންޓްސް

ދިވެހި ދަނޑުވެރިން އެންމެ އާއްމުކޮށް އެންމެ ފަސޭހައިން ހައްދާ އެއް ބާވަތަކީ ފަތްކޭލެވެ. ނަމަވެސް މިހާރަކަށް އައިސް ފަތްކެޔޮ ހެއްދުމަށް ހުންނަ ގޮންޖެހުންތައް ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ދަނީ އިތުރުވަމުންނެވެ. މި ފަހަރު މިބަލައިލަނީ ފަތްކެޔޮ ގަހުގެ ފަތްތައް ދޮންވުމާ އެކު އެނދުމުގެ މައްޗަށެވެ. ސުރުޚީގައި މިހެން އޮތަސް މި ބައްޔަކީ ‘ޕެނަމާ ޑިޒީޒް’ ނުވަތަ ‘ފިއުޒޭރިއަމް އޮކްސިސްޕޯރަމް’ އެވެ. މުހިއްމު! ހަނދާނުގައި ބަހައްޓަންވީ ކަމަކީ ފަތްކެޔޮ ގަހަށް ދިމާވާ އެއްވައްތަރުގެ ބައިވަރު ބަލި ހުންނަ...

ހުބާ ޕްލާންޓްސް
ތި ރަށުގައި "މަސްތުގެ ވަބާ" ފެތުރުނީ ކިހިނެތް؟

ތި ރަށުގައި "މަސްތުގެ ވަބާ" ފެތުރުނީ ކިހިނެތް؟

މި ލިޔުމުގައި އަޅުގަނޑު ބަލައިލާފައިވާނީ ރަށެއްގެ ވެއްޓަށް މަސްތުވާތަކެތީގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ. އެކަން ފެތުރިގެން ދިޔަގޮތާއި އަދި މީގެ އިތުރުން އެކަމުގެ ސަބަބުން ވެއްޓަށް އުފަންވެގެންދިޔަ ނޭދެވޭ އަމަލުތަކުގެ މައްޗަށެވެ. މި ލިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ މިއަދާ ހަމައަށް މި ވަބާ ފެތުރިފައި ނުވާ ރަށްރަށް، މިފަދަ ހާލަތަކަށް ވެއްޓުމުގެ ކުރިން، ކަންތައް ވެގެންދާގޮތް ދެނެގަނެ މި ކަންކަމުން މިންޖުވުމަށްޓަކައި މަސައްކަތް ކުރުމަށް ހިތްވަރުދީ އެކަމަށް ލޯތައް ހުޅުވައިލުމެވެ....

އިބްރާހިމް ޚަލީލް
ދިރިއުޅުމުގައި ދޭތިން ފަހެތި ހޯދައިގަންނާނޭ ގޮތް!

ދިރިއުޅުމުގައި ދޭތިން ފަހެތި ހޯދައިގަންނާނޭ ގޮތް!

ވަޤުތަކީ ﷲ ޞުބުޙާނަހޫ ވަޠަޢާލާ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން އެންމެ އަގުހުރި އެއް ނިޢުމަތެކެވެ. ވަރަށް ފަސޭހައިން އެއާމެދު ޣާފިލު ވެވޭ ނިޢުމަތެކެވެ. ޢަބްދުﷲ އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހު ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީސް ފުޅެއްގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. نِعْمَتَانِ مَغْبُونٌ فِيْهِمَا كَثِيْرٌ مِنَ النَّاِس: الصِّحَّةُ وَالْفَرَاغُ  “ގިނަ ބަޔަކަށް އޭގެ އަގު ވަޒަންނުކުރެވޭ (އެއަށް ފަރުވާކުޑަކޮށްފައިވާ) ދެ ނިޢުމަތެއްވެއެވެ. އެއީ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އެންމެ ރަނގަޅަށް ކޮޕީފަތް އިންދާ ހައްދާނޭގޮތް - ހުބާ ޕްލާންޓްސް

އެންމެ ރަނގަޅަށް ކޮޕީފަތް އިންދާ ހައްދާނޭގޮތް - ހުބާ ޕްލާންޓްސް

ކޮޕީފަތަކީ ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ފަތް ތަރުކާރީއެވެ. މިއީ ހައްދަން ފަސޭހަ އެއްޗަކަށް ވުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮޕީފަތް ހައްދަމުން ގެންދެއެވެ. ކުރި ކެނޑުން ކޮޕީފަތް ރާއްޖޭގައި އަބަދުވެސް ހައްދައި އުޅެނީ ކުރި ޖަހައިގެންނެވެ. މުޑުވައް ކުރަން ރަނގަޅީ ބަލި ނުޖެހި ހުރި ގަހަކުން ކުރި ނަގައިގެނެވެ. ކުރި ނެގުމުގައި ބަލާނީ ގާތްގަނޑަކަށް ފަންސުރެއްގެ ފަލަ މިނުގެ ތަނޑިލާފައި ހުރި، 6 އިންޗި ދިގުމިނުގެ ކުރި ނެގުމަށެވެ. ތޫނު ވަޅިއެއް ނުވަތަ ޕްރޫނިންގ […]

ހުބާ ޕްލާންޓްސް
ލޯބިވާ މީހަކު މަރުވެގެން މާބޮޑަށްދެރަވެ ދިރިއުޅުން ހުއްޓޭހިސާބަށް ދާނަމަ މިވާހަކަ ކިޔާލާ!

ލޯބިވާ މީހަކު މަރުވެގެން މާބޮޑަށްދެރަވެ ދިރިއުޅުން ހުއްޓޭހިސާބަށް ދާނަމަ މިވާހަކަ ކިޔާލާ!

އިސްލާމީ ދިގު ތާރީޚުގެ ތެރެއިން ފާހަގަ ކުރެވޭ ވަރަށް މުހިންމު ޝަޚުސިއްޔަތެކެވެ. ތިން ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިންގެ ބައްޕައެކެވެ. ފުރަތަމަ ފިރިހެން ދަރިފުޅަށް ގާތްގަނޑަކަށް ދެއަހަރު ވީތަނާ އެލޯބި ލޯބި ދަރިފުޅު މިދުނިޔެއާ އަލްވަދާޢު ކިޔެވެ. އޭރު އެއީ ކިރުބޯ ކުއްޖެކެވެ. އެންމެ މަޖާ އުމުރެވެ. މަންމައާ ބައްޕައާއެކު ކުޅެހަދާ، ބަސްބަސް ކިޔައި، ކުދިކުދި ޖުމްލަ ހަދައިގެން މަޖާ ވާހަކަތައް ދައްކާ އުމުރެވެ. އެހެންނަމަވެސް އަޖަލު އައިސް ޖެހުމުން ލަސްކުރުމެއް ނުވެއެވެ. މަލަކުލް މަވްތު […]

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
މިހާރުއޮތް ހާލަތަށް ފަލަސްތީނު ވެއްޓުނީ ކީއްވެ؟

މިހާރުއޮތް ހާލަތަށް ފަލަސްތީނު ވެއްޓުނީ ކީއްވެ؟

އިރުމަތީ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށާއި އުރުދުން ކޯރާއި ދެމެދުގައިވާ ފަލަސްތީނަކީ ދިގު ތާރީޚެއް އޮތް ޤަދީމީ ސަރަހައްދެކެވެ. އަސީރިއަނުންނާއާއި، ބާބިލޯނިއަނުންނާއާއި، ރޯމަނުން އަދި އުޘްމާނީ ޚިލާފަތް ފަދަ ގިނަ ހަޟާރާތްތަކެއްގެ އަތްދަށުވެފައިވާ މި ސަރަހައްދަކީ ދީނީގޮތުންނާއި އެހެނިހެން ގޮތްގޮތުން ގިނަ ޚިލާފުވުންތަކެއް އެކުލެވިގެންވާ ސަރަހައްދެކެވެ. އަޅުގަނޑުގެ އަމާޒަކީ މި ލިޔުމުން ތިޔަ އެންމެހާ ކިޔުންތެރިންނަށް ފަލަސްތީނާއިމެދު ކުރިން އެނގިފައިނުވާ ބައެއް ވާހަކަތައް ތިލަކުރުމެވެ. ހާއްސަކޮށް...

އިބްރާހިމް ޚަލީލް
ޤަޟާ ޤަދަރަށް އީމާން ވުމަށް ދަރިން އަހުލުވެރިކުރުވާށެވެ.

ޤަޟާ ޤަދަރަށް އީމާން ވުމަށް ދަރިން އަހުލުވެރިކުރުވާށެވެ.

ޤަޟާ-ޤަދަރަށް އީމާންވުމަށް ދަރިންނަށް ނަސޭޙަތް ދިނުމަކީ އަދުގެ މުޖުތަމަޢަށް ދަރިން ނުކުތުމުގެ ކުރިން މައިންބަފައިން އެކުދިންނަށް ކޮންމެހެންވެސް ދޭން ޖެހޭ ނަސޭޙަތްތަކެކެވެ. މިމަޢުޟޫއަކީ އަދުގެ ޒުވާނުން ދީނާ ދުރަށްދާ ވަރަށް ބޮޑު އެއް ސަބަބެވެ. މިހެން ދިމާވަނީ ޤަޟާޤަދަރާ ބެހޭ މަޢުލޫމާތު ލިބިފައި ނެތުމާއެކު، އަމިއްލަ ސިކުންޑިން ވިސްނޭއެއްޗަކަށް ބިނާކޮށް ނުވަތަ އިންޓަރނެޓުން ފެންނަ ތަކެތިން ހިތުގައި ޤަޟާ-ޤަދަރާ ބެހޭގޮތުން އެކިއެކި ޝުބުހާތައް އެފެދުމުންނެވެ. ރަނގަޅު ނޫން ކަމެއްކަމުގައި އެކުދިންނަށް ހީ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ޢީދުގެ ހަނދާނުގެ ތެރެއިން ބުޑު ރޯކުރުން

ޢީދުގެ ހަނދާނުގެ ތެރެއިން ބުޑު ރޯކުރުން

ރަމަޟާން މަސް ނިމުމާއި ގުޅިގެން މި އަންނަ ފިތުރު ޢީދަށް އަޅުގަނޑުމެން ކިޔައި އުޅެނީ ކުޑަޢީދެވެ. ކުޑަ ޢީދުގެ ހަނދާންތަކަކީ ފިލައިގެން ނުދާނޭ ހަނދާންތަކެކެވެ. ނުވަދިހައިގެ ފަހުކޮޅުގެ އަހަރުތަކާއި އަދި ދެހާހުގެ ފުރަތަމަ ކޮޅުގެ އަހަރުތަކަކީ އަޅުގަނޑުމެން ކުޑަ ޢީދު ފާހަގަ ކުރުމުގައި އެންމެ ވަރުގަދަޔަށް ހަރަކާތްތެރިވި ދުވަސްވަރެވެ. ޢީދާއި ގުޅިގެން، ޢީދު ދުވަހުގެ ފަތިހުގެ ވަގުތުގައި ބޮޑު އަލިފާންގަނޑެއް ގޮނޑުދޮށުގައި ރޯކުރުމަކީ ނުވަތަ ޢީދު ހުޅުޖެހުމަކީ ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި ކޮށްއުޅޭ ކަމެކ...

އިބްރާހިމް ޚަލީލް
އަނާރާ ނަޢީމުގެ ގަލަމުން: ރަމަޟާންމަހަށް ފަހު.....!

އަނާރާ ނަޢީމުގެ ގަލަމުން: ރަމަޟާންމަހަށް ފަހު.....!

ރަމަޟާންމަހުގެ ރޯދަތައް ހިފާ ނިމުނީއެވެ. އެ ރޯދަތައް އެހާ ފަރުވާތެރިކަމާއެކު އެންމެހާ މުސްލިމުން ހިފީ ސަބަބުތަކަކާއި ލައިގެންނެވެ. މާތް ﷲ އަށް ކިޔަމަންތެރިވެ ރޯދަ ފަރުޟުކުރެއްވި މަޤުޞަދުކަމުގައިވާ ތަޤުވާވެރިވުން ޙާޞިލްކުރުން އެދިއެވެ. ދަރުމައާއި ޘާވާބުލިބުން އެދިއެވެ. ސުވަރުގެ ލިބުންއެދިއެވެ. ރޯދައިގެ އިތުރުން ޤުރުއާން ޚަތިމުކުރުމަށް ކިޔަވައި، ސުންނަތް ނަމާދުތައް ބަރާބަރަށް އަދާކޮށް، ޞަދަގާތްދީ، ގާތްތިމާގެކަމުގެ ގުޅުން ބަދަހިކޮށް، އަވައްޓެރިންނަށް ހެޔޮފޯރުކޮށްދީ، ދީނީ ދަރުސްތައް އަޑުއަހައި، ހެޔޮ...

އަނާރާ ނަޢީމު
ﷲގެ ޙަޟްރަތުން ވާތްގަށް އެދުމަށާއި އެއިލާހަށް ވަކީލު ކުރުމަށް ދަރިންނަށް ނަސޭހަތްދޭށެވެ.

ﷲގެ ޙަޟްރަތުން ވާތްގަށް އެދުމަށާއި އެއިލާހަށް ވަކީލު ކުރުމަށް ދަރިންނަށް ނަސޭހަތްދޭށެވެ.

ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް ﷲ އަށް ފުރިހަމައަށް ތަވައްކުލް ކޮށް، ސަބަބުތަކުގައި ހިފައި، އެއިލާހުގެ ކިބައިން އެހީތެރިކަމާއި ވާތްގަށް އެދުމަށް ދަރިންނަށް ކުޑައިރުއްސުރެވެސް ދަސްކޮށްދޭންވާނެއެވެ. ރަސޫލުﷲ ވަނީ އެކަމަށް ނަމޫނާ ދައްކަވާފައެވެ. އަބްދުﷲ އިބްނު ޢައްބާސް ކުޑަކުއްޖެއްކަމުގައި ވަނިކޮށް އެކަލޭގެފާނަށް ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ: ((يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْت...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކަލާފާނާއި ހަތްކޮޅުތަކާ އޮތް ގުޅުން

ކަލާފާނާއި ހަތްކޮޅުތަކާ އޮތް ގުޅުން

ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު، 02 ޖުލައި 1948 (24 ޝައުބާން 1367) ވީ ހުކުރު ދުވަހު އދ. ހަންޏާމީދޫއަށް ވަޑައިގަތެވެ. ފުރަތަމަ ވެސް ވަޑައިގަތީ އެރަށުގައި ހުންނަ ކަލާފާނުގެ ޒިޔާރަތަށެވެ. އެ ޒިޔާރަތް ބައްލަވާލެއްވުމަށްފަހު ދެން ވަޑައިގަތީ އެ ޒިޔާރަތާ އިންވެގެންހުރި އެ ރަށުގެ ހުކުރު މިސްކިތަށެވެ. އެ މިސްކިތުން މުޙައްމަދު އަމީންނަށް ފުރަތަމަ ވެސް ފެނިވަޑައިގަތީ މިސްކިތުގެ އެތެރޭގައި ނުހަނު ރީތިކޮށް ތަރުތީބުން ބަހައްޓާފައި ހުރި ހަތްކޮޅުތަކެވެ. އެއީ އެހާތަނަށް އެންމެ ފަހުން މާލޭގަ...

ޢަބްދުﷲ ސަޢީދު
ދަރިފުޅުގެ ޝަޚުޞިއްޔަތު ބައްޓަންކުރާ ބަޔަކީ މައިންބަފައިންނެވެ.

ދަރިފުޅުގެ ޝަޚުޞިއްޔަތު ބައްޓަންކުރާ ބަޔަކީ މައިންބަފައިންނެވެ.

ކޮންމެ ކުއްޖަކުވެސް އުފަން ވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: ((كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ.)) صحيح.‏ رواه البخاري (1385)‏ މާނަ: ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުގޮތުގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ނުވަތަ ނަޞާރާއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ. އުފަންވާހިނދު ދަރިފުޅުގެ ހިތް ވާހުށީ ސާފު ހިތެއް ކަމުގައެވެ. މި މަޢު...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ފާލަމުގެ ވަގުތީ ހިނދުކޮޅު

ފާލަމުގެ ވަގުތީ ހިނދުކޮޅު

ޙަޔާތުގެ ދަތުރުގައި މަޑުކޮށްލުމަށް ލިބިފައިމިވާ ވަގުތީ ދުނިޔޭގެ ދުވަސްތައް، އެ ދުނިޔޭގެ ތަޢުމީރީ މަސައްކަތަށް އެކަނި ހުސްކޮށްނުލާށެވެ. މި ވަގުތީ ފާލަމަކީ އޭގެ އަނެއްކޮޅުން ތިމާ ފައިބަން ޖެހޭ އެއްޗެކެވެ. އެ ފާލަމަށް އެރީ ހުސްއަތާއެވެ. ފައިބައިގެންދާއިރު ގެންދެވޭނެ އެކައްޗެއް ވެސް ނޯންނާނެއެވެ. ދާންޖެހޭނީ ވެސް ހުސްއަތާއެވެ. އެހެންކަމުން މި ދުނިޔޭގެ މަދު ދުވަސްތަކުގައި ދަތުރުގެ ކޮށްތު ލިބިގަންނާށެވެ. އެނޫން ތަކެތި ޖަމާ ނުކުރާށެވެ. ކިތަންމެ ގިނަ ކޮށްތެއް ޖަމާކުރި ކަމަކު، އޭގެ ބޭނުން ހިފޭނީ ހަމައެކަނ...

އައްޝައިޚް މުޙައްމަދު އަފްޟަލް
ކީރިތި ޤުރްއާނަކީ މާތް ފޮތެކެވެ.

ކީރިތި ޤުރްއާނަކީ މާތް ފޮތެކެވެ.

ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. މީސްތަކުން އުޅެންވީ ގޮތް ބަޔާން ކުރަށްވަން ﷲ سبحانه وتعالى ރަސޫލުން ފޮނުއްވަވައި، ފޮތް ބާވައިލައްވަތެވެ. އެ ފޮތް ތަކުގައި މީސްތަކުންނަށް ގެއްލުންވާ އެންމެހައި ކަންކަމުން ދުރުވެ ތިބުމަށް ނަޞީޙަތްތެރިވެ އިރުޝާދު ދެއްވަތެވެ. އަދި ހަމަ އެހެންމެ، އިންސާނުންނަށް ފައިދާ ހުރި ކޮންމެ ކަމެއްގެ ވާހަކަ ވެސް އެ ފޮތް ފޮތުގައި ބަޔާން ކުރަށްވައި އަންގަވަތެވެ. މިފަދައިން ބާވައި ލެވޭ ފޮތްފޮތުގައިވާ އިރުޝާދުތަކާއި މީސްތަކުން ދުރުވެ ފޭވަން ފެށުމުން، އަނެއްކާ […]

އައްޝައިޚް މުޙައްމަދު އަފްޟަލް
ނިދުމުގެ ކުރިން އެއްޗެއް ކާލީމާ ހާރުކޭކަމަށް ވާނެތަ؟

ނިދުމުގެ ކުރިން އެއްޗެއް ކާލީމާ ހާރުކޭކަމަށް ވާނެތަ؟

ހާރުކެއުމަކީ ހަމަ އެހާ މުހިންމު ކަމެއް ހެއްޔެވެ؟ ބާރަ ޖަހާއިރު ނިދަން އޮށޯންނަމުން އެއްޗެއް ކާލީމާ ހާރުކެއި ކަމަށް ވާނެހެއްޔެވެ؟ ކޮންމެހެން އެގަޑީގައި ހާރުކާށޭ ކިޔާފައި ތެދުވާން ޖެހޭހެއްޔެވެ؟ މިސުވާލުތަކަކީ މިހާރަކަށްއައިސް އަޅުގަނޑުމެންގެ ހިތަށް ވެރިވާ ސުވާލުތަކެކެވެ. މިފަދަ ސުވާލުތައް ޙަޤީޤަތުގައި އުފެދެން ދިމާވާ މައިގަނޑު ސަބަބަކީ ދީނީ މަޢުލޫމާތު ގެ ޚަޒާނާ އެހާ ތިޔާގި ނުވުމެވެ. އެހެންކަމުން އަދުގެ ޓެކްނޮލޮޖީތަކުގެ ފަސޭހަތަކާއެކު، ދީނީ ޢިލްމު ހޯދުމަށް ފަހިވެފައިވާ ފަސޭހަ މަގުތަކުގެ ބޭނުންހިފައ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު