މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:00 އިން 01:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (20:35 އިން 02:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ކޮލަމް

1,330 ޝާއިޢުކުރެވިފައިވާ ލިޔުން

ކޮލަމް - 69 ވަނަ ޞަފްޙާ

އަޅަމެން ވާގި އެދެނީ ﷲގެ ހަޟްރަތުންނެވެ.

އަޅަމެން ވާގި އެދެނީ ﷲގެ ހަޟްރަތުންނެވެ.

މުސްލިމުންގެ މިޢުރާޖަކީ ނަމާދެވެ. ކޮންމެ ދުވަހަކު ކުރާ ފަރުޟު ފަސްނަމާދަކީ އިޖްބާރީ މިންވަރެވެ. ފަސް ނަމާދު ނުކުރާނަމަ އެ މީހަކު އިސްލާމްކަމުގެ އިމުން ބޭރުވެ ހިނގައިދާނެއެވެ. އެހެންކަމުން ފަރުޟު ފަސްނަމާދު ފުރިހަމައަށް އަދާކުރަންވާނެއެވެ. އޭގެ އިތުރަށް ސުންނަތް ނަމާދުތަކަކީ ޢަޅާއާއި ރައްބާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރަންވީ ނަމާދެކެވެ.  ތިމާގެ އަމިއްލަ ހިތްހަމަޖެހުމަށާއި، ހިސާބާއި ކިތާބުގެ ދުވަހު، މީޒާނުގެ ވަޒަން ބަރުކުރުމަށް ދުނިޔޭގައި ކުރެވޭނެ އެންމެ ހެޔޮކަމަކީ ނަމާދު ކުރުން ގިނަކ...

އައްޝައިޚް މުޙައްމަދު އަފްޟަލް
ރޯދަ ވީއްލުމަށްޓަކައި ސިފައިން ޖަހާ "ނާބަ ބަޑި"

ރޯދަ ވީއްލުމަށްޓަކައި ސިފައިން ޖަހާ "ނާބަ ބަޑި"

ނާބަބަޑިއަކީ ރަމަޟާންމަހު އިރު އޮއްސިއްޖެކަން އެންގުމަށް މާލޭގައި ސިފައިން ޖަހައި އުޅުނު ބަޑިއެކެވެ. ހަރޯދައިގެ ދުވަސްތަކުގައިވެސް މި ބަޑިޖަހާ އުޅުނެވެ. ބޮޑު ދެހިތީގައި ނާބަ ފަށަންވީމާ ޖަހައި އުޅުނު ތިން ބަޑިއަށްވެސް ނާބަބަޑި ޖެހުމޭ ކިޔައެވެ. ނާބައަކީ މަޣްރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރެކެވެ. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ އެބެރުގެ ފަހުގައެވެ. ބޮޑު ދެހިތީގައި ޖަހާއުޅުނީ ހިތިގެ ދޮށުގައެވެ. […]

ޢަބްދުﷲ ސަޢީދު
ނަރަކަވަންތަވެރިންނާ އިބުލީސް ބައްދަލުކޮށް ދައްކާނެ ވާހަކަ

ނަރަކަވަންތަވެރިންނާ އިބުލީސް ބައްދަލުކޮށް ދައްކާނެ ވާހަކަ

ޤިޔާމަތް ދުވަހު، މިސްތަކުންގެ މައްޗަށް ނިޔާ ކަނޑައެޅި، އެބަހީ ސުވަރުގެވަންތަވެރިން ސުވަރުގެއަށްވެދެ ނަރަކަވަންތަވެރިން ނަރަކައަށް އެއްލާއި ނިމޭހިނދު، ނަރަކަވަންތަވެރިންގެ ދެރައާއި މޮޅިވެރިކަން އިތުރުވެދާފަދަ ކަމެއް ހިނގައެވެ. އެބައިމީހުންގެ އެކުވެރިޔާ ކަމުގައި ދުނިޔެމަތީގައި ޚިޔާރުކުރި، ލަޢުނަތްވެގެންވާ ޝައިޠާނާ އެބައިމީހުންނާ މުޚާތަބުކޮށް ވާހަކަ ދައްކާނެއެވެ. ކީރިތި ޤުރްއާނުގައި ﷲ ވަނީ ޤިޔާމަތް ދުވަހު ހިނގާނެ މިޙާދިޘާ އަހަރެނެންނަށް ފިލާވަޅެއްގެ ގޮތުގައި ޛިކުރުކުރައްވާފައެވެ. އެއިލާހު ވަޙީ ކުރަ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
އަޚުވަންތަކަމުގެ ލޯތްބަށް އުފާކުރާށެވެ!

އަޚުވަންތަކަމުގެ ލޯތްބަށް އުފާކުރާށެވެ!

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އުފާކުރާށެވެ! އަޚުވަންތަ ކަމުގެ ލޯބީގައި ވެވޭ އެކުރެވި ކަމަކީ އެނޫން އެހެން ހުރިހާ ލޯތްބެއްގެ މައްޗަށް ކުރިހޯދާ ލޯތްބެވެ. އަޚުވަންތަ ކަމަކީ މުއުމިނުންނަށް ޚާއްޞަ ސިފައެކެވެ. އެކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވަނީ ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ﴾ (سورة التوبة الحجرات: 10) މާނައީ:- “مؤمنން ވާކަން ކަށަވަރީ، أخންތަކެއް ކަމުގައެވެ.” މިއެވެ. އިސްލާމްކަމުގެ ގުޅުމަކީ އިލާހީ ގުޅުމެކެވެ. އެއް އަމާޒަކަށް ކުރާ ދަތުރެކެވެ. އެއްކައުވަންތަ ފަރާތެއްގެ ރުހުން ހޯދުމެވ...

އައްޝައިޚް މުޙައްމަދު އަފްޟަލް
ޕޮޓުގައި ހައްދާ ގަހަށް ފެން ގިނަވުން

ޕޮޓުގައި ހައްދާ ގަހަށް ފެން ގިނަވުން

ކިތަންމެ ފުރިހަމައަށް ގޭތެރޭގައާއި ގޯތި ތެރޭގައި ގަސް ހައްދާ ފަރާތެއް ނަމަވެސް، ފެން ދެވޭލެއް މަދުވެގެން ނުވަތަ ގިނަވެގެން ގަހެއް ދެ ގަހެއް ހަލާކުވުމުގެ ތަޖުރިބާ ނުކުރާ މީހަކު އަހަރެމެންގެ ތެރޭގައި މަދުވާނެއެވެ. ރާއްޖޭގައި އާއްމުކޮށް ދިމާވެފައި ހުންނަނީ މާ ގިނައިން ފެންދެވުމުގެ މައްސަލައެވެ. ނަމަވެސް އޭގެ މާނައަކީ ގަސް މަރުވުމެއް ނޫނެވެ. އެފަދަ ގަސްވެސް ރަނގަޅުކުރެވޭނެ ގޮތްތައް ހުރެއެވެ. އެންމެ ފުރަތަމަ ގަސް ފެން ބޭނުންކުރާ ގޮތަށް ބަލައިލަމާހެއްޔެވެ؟ ސިއްހަތު ރަނގަޅު ގަހެއް ނަމަ އެގަހުގެ […]

ހުބާ ޕްލާންޓްސް
ނަމާދަށް ހުންނަ އިރު ޝައިޠާނާ އުނދަގޫ ކުރާނަމަ ކަންތައްކުރަންވީ ގޮތް

ނަމާދަށް ހުންނަ އިރު ޝައިޠާނާ އުނދަގޫ ކުރާނަމަ ކަންތައްކުރަންވީ ގޮތް

ނަމާދަކީ އެއްވެސް މުސްލިމަކު ދެބަސްނުވާނޭ ފަދައިން އެންމެ މަތިވެރި އެއް އަޅުކަމެވެ. އެއީ އިސްލާމް ދީނުގެ ދެވަނަ ރުކުނެވެ. ނަމާދުގެ ފަރުޟިއްޔަތަށް އިންކާރު ކުރާމީހާ ދީނުން ބޭރުވެއެވެ. ނަމާދަކީ ﷲއާއި އަޅާއާ ދެމެދު ވެވޭ ބައްދަލު ވުމެކެވެ. މިބައްދަލުވުމުގައި ތިމާގެ ހިތް-ނިޔަތް ޚާލިޞްކޮށް، ވީހާވެސް ބޮޑަށް ޚުޝޫޢަތްތެރިވެ ހުރެ ނަމާދު ކުރުމަށް މަސައްކަތްކުރަންވާނެއެވެ. މިކަމަށް ފަރުވާ ކުޑަކޮށްފި ނަމަ ކުރާ ނަމާދުތައް ﷲ ތަޢާލާ ގެ ޙަޟްރަތުގައި ޤަބޫލުނުވެވޭ ނަމާދުތަކަކަށް ވެދާނެއެވެ. ނަމާދު ނިމިގެންދާއިރު މ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ބަލިމީހާ ނަމާދު ކުރާނެ ގޮތަށް ތަފްޞީލީ ނަޒަރެއް-2

ބަލިމީހާ ނަމާދު ކުރާނެ ގޮތަށް ތަފްޞީލީ ނަޒަރެއް-2

ކުރީ އަދަދާއި ގުޅޭ: ފަސްވަނަ ނުކުތާ: ނަމާދުގައި ރުކޫޢުކޮށް ސަޖިދަކުރުން ބަލިމީހާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެކަމަށް ނުކުޅެދިއްޖެމީހާ، އެދެ މަޤާމުގައި އޭނާގެ ބޮލުން އިޝާރާތްކުރާނީއެވެ. ރުކޫއަށްވުރެ ބޮޑަށް ސަޖިދައިގައި ބޯ ތިރިކޮށްލާނީއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ. عَنْ جَابِرٍ قَالَ:  عَادَ اَلنَّبِيُّ ‏- صلى الله عليه وسلم ‏-مَرِيضًا, فَرَآهُ يُصَلِّي عَلَى وِسَادَةٍ, فَرَمَى بِهَا, وَقَالَ: “صَلِّ عَلَى اَلْأَرْضِ إِنْ اِسْتَطَعْتَ, وَإِلَّا فَأَوْمِ إِ...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކަދުރުފަޅިއެއްގެ މިންވަރުން ނަމަވެސް ނަރަކައިން ސަލާމަތް ވާށެވެ!

ކަދުރުފަޅިއެއްގެ މިންވަރުން ނަމަވެސް ނަރަކައިން ސަލާމަތް ވާށެވެ!

ދުނިޔޭގެ ޙަޔާތަކީ ދާދި މަދު ދުވަސްކޮޅެކެވެ. އަބަދަށް ދެމިގެންވާ ތަނަކީ އާޚިރަތުގެ ގޮވައްޗެވެ. އާޚިރަތުގައި ތިބާއަށް ވޭނާތުރާ ނުވަތަ އުފަލާމަޖާ ލިބުން އޮތީ މިދުނިޔެއިން ޙާޞިލްކުރި އެއްޗެއްގެ މައްޗަށެވެ. އާޚިރަތުގެ ނަތީޖާ ބާއްޖަވެރިވުމަށް އެދޭމީހާ ކުރަން އެންމެ ރަނގަޅު އެއް ކަމަކީ ސަދަގާތް ކުރުމެވެ. އިޚްލާޞްތެރި ހިތަކައިގެން ﷲގެ ރުހުން އެދިގެން އެ އިލާހުގެ މަގުގައި ކުރާ އެއްވެސް ހޭދައެއް ގެއްލިގެން ނުދާނެއެވެ. މިކަމަށް އިޝާރާތް ކުރައްވާ ބަޤަރާ ސޫރަތުގެ 265ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ:- […...

އައްޝައިޚް މުޙައްމަދު އަފްޟަލް
އާތިފް: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވަރުގަދަ ތަސައްވަރަކާއި އެކު!

އާތިފް: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވަރުގަދަ ތަސައްވަރަކާއި އެކު!

ކުޅުދުއްފުށި ސިޓީ ގެ ފުރަތަމަ މޭޔަރަކަށް ވުމުގެ އަޒުމާއި އެކު އެމްޑީޕީގެ ޓިކެޓްގައި މުޙައްމަދު އާތިފް ނުކުންނަނީ ވަރަށް ގިނަ އުންމީދު ތަކަކާއި އެކުގައެވެ. ކުޅުދުއްފުއްޓަށް ޚިދުމަތް ކުރުމަށް އަބަދުވެސް އާތިފްގެ ހިތުގައި އޮންނަ ލޯބި ޢަމަލީ ގޮތުން ދައްކަން ބޭނުންވެއެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކަށްވުމާއި އެކު އެކަމަށް އަތުކުރި އޮޅާލާ އާތިފް ނުކުތެވެ. ކުޅުދުއްފުށީގެ އިޖްތިމާއީ އިޤްތިސާދީ އަދި ޢުމްރާނީ ގޮތުން ބަދަލުތަކެއް ސިޓީއެއްގެ ގޮތުގައި ގެނެސްދިނުމުގެ ބޭނުމުގައި ނުކުތުމުގެ ކުރިން ރަށުގެ...

ތިލަދުން
ކުޅުދުއްފުށީ ސީޓީ ފުރަތަމަ މޭޔަރުކަން ވާނީ ކާކު؟

ކުޅުދުއްފުށީ ސީޓީ ފުރަތަމަ މޭޔަރުކަން ވާނީ ކާކު؟

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު އެންމެ ހާއްސަކަމެއް ލިބޭ އެއް ދާއިރާއަކީ ކުޅުދުއްފުށީ ސިޓީ އެވެ. ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު އެންމެ ފުރަތަމަ ފަހަރަށް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު ކުޅުދުއްފުށި ސިޓީ ރައްޔިތުންނަށް ޖެހިފައިމިވަނީ އެސިޓީގެ ފުރަތަމަ މޭޔަރު ހޮވާށެވެ. އެބޮޑު ޒިންމާއަށް ކުޅުދުއްފުށީ ސިޓީ ތައްޔާރުވެފައިވާއިރު ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު ކުޅުދުއްފުށީ ސިޓީ ކައުންސިލްއަށް 6 ދާއިރާއަކަށް ކައުންސެލަރުން ހޮވަން ޖެހެއެެވެ. އެއީ ކުޅުދުއްފުށި އުތުރު ދާއިރާ...

ތިލަދުން
އިންތިހާބުގެ ފޯރީގައި މިވެސް ކިޔާލާ!

އިންތިހާބުގެ ފޯރީގައި މިވެސް ކިޔާލާ!

އިންތިހާބެއް އައިސް ބޯމަތިވީއެވެ. އެއް ޖަގަހާގައި ޖަހާ ލަވައަށް ވުރެ އަނެއް ޖަގަހާގައި ޖަހާލަވައިގެ އަޑު ބާރެވެ. ތަފާތު މީހުންގެ ޕޯސްޓަރުތަކުން ފާރުތަށް ފުރެނީއެވެ. އެކިއެކި ކުލަކުލައިގެ ދިދަފަތިތަކުން މަގުތަށް ހިޔާވަނީއެވެ. ތަފާތު ވަޢުދުތަކުގެ އަޑުތައް ވެސް ހަމަ އެހާމެ ގަދައެވެ. މި މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ދުވަހަށް ވީއިރު، މިއީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން އެންމެ ފޯރީގައި ކެމްޕެއިން ކުރައްވަމުން އަންނަ ދުވަސ...

އިބްރާހިމް ޚަލީލް
ވޯޓު ލާންވީ ތިލަފަތަށް؟ ރުކަށް؟ އެންމެ ޤާބިލް މީހާއަށް!

ވޯޓު ލާންވީ ތިލަފަތަށް؟ ރުކަށް؟ އެންމެ ޤާބިލް މީހާއަށް!

ޕާޓީ ފިކުރުގައި ހައްދުފަހަނަ އެޅުމަކީ މި ޤައުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. ދިވެހިންގެ ދީނީ ފިކުރާއި، ޤައުމީ ފިކުރަށްވުރެ ވެސް މިހާރު ޕާޓީގެ ފިކުރު ބޮޑެވެ. ފެންނަމުން އަންނަނީ ބޮޑުވަމުން އަންނަ މަންޒަރެވެ. މި ވާހަކަ އަނެއްކާ ވެސް މި ދައްކަން ޖެހެނީ އިންތިހާބެއް ބޯމަތިވެގެން އަންނަ ވަގުތަކަށް ވާތީއެވެ. އަތޮޅާއި ރަށް 5 އަހަރުގެ މުއްދަތަށް އަނެއްކާ ވެސް ހިންގާނެ ބަޔަކު އިސްކުރުމަށް ރައްޔިތުންނަށް ފުރުޞަތު ލިބިގެންދާ ވަގުތަކަށް […]

އިބްރާހިމް ޚަލީލް
ވާހަކަ: ނާ ބަންނަ އަޑިގަނޑު (7 ވަނަ ބައި)

ވާހަކަ: ނާ ބަންނަ އަޑިގަނޑު (7 ވަނަ ބައި)

ކުރީ ޢަދަދާއި ގުޅޭ: ހުޅަނގު އުތުރުން ޖެހެމުން ދިޔަ ނަލަ ވައިގައި ހޯރަފުށީ ބައްތެލި ދަތުރުކުރަމުން އައިސް މާލެ އަތޮޅު ގާފަރު ފަސްދީ ކުރިއަށް އައިސް ކަގި ކަނޑުން މާލެއާ ދިމާއަށް މިސްރާބު ހިފައިލިތަނާ ހެން ވައި ރޯޅި ގަދަވެލައި، ކަނޑުގެ ލޮނުގަނޑު ކުޑައިކޮށް ކެކިލައި އުފެއްދި ބާނީގައި ބައްތެލި ދެ ފަރާތަށް ތަންކޮޅެއް ބޮޑަށް ހަލުވާ ގޮތް ވެއްޖެއެވެ. މިއީ، ބައްތެލި މާލެ އަންނަން ފުރިތާ ހަތަރު ވަނައަށް ވީ ދުވަހެވެ. އިރު އޮއްސުމާ ދާދި […]

ޢާޠިފާ ޒަކަރިއްޔާ
ތިކިޖެހި ތާނައާ ނުލައި ފިނިފެންމާކުރި ރޯކުރުމާއި އިންދުން

ތިކިޖެހި ތާނައާ ނުލައި ފިނިފެންމާކުރި ރޯކުރުމާއި އިންދުން

މިފަހަރު މިބަލައިލަނީ ފިނިފެންމާކުރި ރޯކުރުމާއި އިންދާނެ ގޮތުގެ މައްޗަށެވެ. މާގިނަ ހާސަރު ނުދަމައި ސީދާ މައުލޫއަށް ޖެހިލާނަމެވެ. ފިނިފެންމާ (ރޯސްސް) ހެއްދުމަށް ކަނޑާނީ 4 އިންޗިއާއި 8 އިންޗިއާ ދެމެދުގެ ދިގުމިނުގެ، މެދުމިނަކަށް ހަރު ނުވަތަ ޅަ ކުރިއެވެ. ކުރި ކެނޑުމަށްފަހު، އެންމެ ކުރީގެ 2 ފަތް ފިޔަވައި، ތަނޑު ބޭންދުމަށްފަހު، ކަތުރަކުން ނުވަތަ ޕްރޫނިންގ ޝިއާރއަކުން ދެން ހުރި ފަތްތައް ވަކިކޮށްލާށެވެ. ގެންގުޅުމަށް ފަސޭހަކުރުމަށް ކަށިތަކުގެ އެންމެ ތޫނު ކޮޅުތައް ކަނޑައިލެވިދާނެ އެވެ. ކުރިކޮޅުގެ ބުޑު […]

ހުބާ ޕްލާންޓްސް
އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް

އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް

ދުނިޔޭގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި މި ގެނެސްދެނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2016 އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމުޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ތިލަދުންމަތީގެ ފަޙްރުވެރި ދަރިއެއްގެ ވާހަކަ އެވެ. ހއ. އުތީމު، އަލިމަސްގެ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ގެ ވާހަކަ އެވެ. އުތީމު އާދަމް ޢަބްދުއްރަޙްމާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުނ...

ތިލަދުން