''ޕޮލިސް މަސްރޭސް 2021''ގެ ނަމުގައި ނޮޅިވަރަމުގެ މުއައްސަސާތަކުގެ މެދުގައި މަސްރޭހެއް
ހދ. ނޮޅިވަރަމު ސަރުކާރު މުއައްސަސާތަކުގެ މެދުގައި، ”ޕޮލިސް މަސްރޭސް 2021” ގެ ނަމުގައި މަސްރޭހެއް ކުރިއަށް ގެންގޮސްފިއެވެ. މި މަސްރޭހަކީ ނޮޅިވަރަމު ޕޮލިސް ސްޓޭޝަންއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސްރޭހެކެވެ. މި މަސްރޭސް ބޭއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ނޮޅިވަރަމުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި އެކުވެރިކަން އިތުރަށް ދެމެހެއްޓުން ހިމެނެއެވެ. މީގެއިތުރުން ސަރުކާރު މުއައްސަސާތަކަކީ ގުޅިގެން މަސައްކަތްކުރާ އަދި މަސައްކަތްކުރެވޭނެ ބައެއްކަ...