ހއ. ދިއްދޫގައި ހުންނަ ''ހއ. އަމާންވެށި'' އިން ކޯވިޑް-19އަށް އިތުރު މީހަކު ޕޮޒިޓިވްވެ ވެއްޖެއެވެ.
އެހެންކަމުން އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކާއި، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 5 މީހަކު މިހާތަނަށް މިވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ''ތިލަދުން''އަށް ވިދާޅުވީ، ހއ. އަމާންވެށިން އިތުރު މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެއީ އެތަނުގައި ކުދިން ބަލަހައްޓާ މީހެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''ޕޮޒިޓިވްވި ކުދިންނާއި، މީހުންގެ ހާލުވެސް ރަނގަޅު'' އަޝްރަފް ވިދާޅުވިއެވެ.
މި މަހުގެ 6 ވަނަ ދުވަހު ދިއްދޫގައި ހުޅުވި ހއ. އަމާންވެއްޓަށް ތިން ޢާއިލާއަކަށް ނިސްބަތްވާ 15 ކުއްޖަކު ހަމަ އެދުވަހު ވަނީ ބަދަލުކޮށްފައެވެ. އެދުވަހުން ފެށިގެން އެކުދީންނާއި، އެކުދީން ބަލަހައްޓާ މީހުން ވެސް ތިބީ، އެކުދީންގެ ކަރަންޓީނު މުއްދަތު ހަމަވަންދެން އެތަނުގައި ކަރަންޓީނު ވެގެންނެވެ.
އަމާންވެއްޓަށް ގެންދިޔަ 15 ކުދިން ތެރެއިން ފުރަތަމަ ޕޮޒިޓިވްވީ 1 ކުއްޖެކެވެ. އެކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!