ޔާސިރުގެ އިލްތިމާސެއް ޔާމީނަށް، ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ސިޔާސީ ބޭނުމަށް، ބޭނުން ނުކުރަށްވާ!
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާން ނާކާމިޔާބުކޮށްލި، މައި އައްޑަނަ، ހދ. ކުޅުދުއްފުށްޓަށް އުފަން ދިވެހި ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ފޮޓޯ ސިޔާސީ ބޭނުމަށް ބޭނުން ނުކުރުމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުލްލަތީފް، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ އަރިހުން އެދިވަޑައިގެންފިއެވެ. ޔާސިރު މިގޮތަށް އެދިވަޑައިގަތީ ކުރަށްވާފައި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އިދިކޮޅުން ހިންގާ “އިންޑިއާ މިލިޓ...