ސަލާމަތީ ޚިދުމަތްތަކުން ވެރިރަށް މާލޭގައި ހާއްސަ އޮޕަރޭޝަނެއް މިރޭ ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މިރޭ އާންމުކުރެއްވި ނޫސްބަޔާނެއްގައި ވަނީ އެ ދެފަރާތް ގުޅިގެން މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ހާމަކުރަށްވާފައެވެ.

Ad
rt

މިގޮތުން ސަލާމަތީ ޚިދުމަތްތަކުން ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، މި އޮޕަރޭޝަނަކީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުންގެ އެދުމުގެ މަތިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކު މި އޮޕަރޭޝަން ކުރިއަށް ގެންދަނީ "ގުޅިގެން" މި ނަމުގައެވެ.

ސަލާމަތީ ހިދުމަތްތަކުން ކުރިއަށް ގެންދާ މިފަދަ އޮޕަރޭޝަންތަކަށް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރާ ކަމަށް އެ ނޫސްބަޔާނުގައި ވިދާޅުވެފަވެއެވެ.