ހއ. ދިއްދޫ ބަނދަރަށް ވަންނަން ދިޔަ ދޯންޏެއް ބަނދަރު ނެރުކައިރި ހިލަތަކުގެ މައްޗަށް އުރި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދު ﷲ ރަޝީދު "ތިލަދުން"އަށް ވިދާޅުވީ، އެ ރަށު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި އެ ދޯނި ނެރު ހިލަތަކުގެ މައްޗަށް އުރުނީ އައި ރާޅެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

Ad
rt

އެ ދޯންޏަކީ އެ އަތޮޅު އުތީމު ދޯންޏެކެވެ. އެ ދޯނީގައި 6 މީހަކު ދަތުރު ކުރިއެވެ.

"އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ނުލިބޭ، އެކަމަކު ދޯންޏަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި، މިހާރު ދޯނި އެހުލުމުގެ މަސައްކަތް އެބަކުރޭ" ރަޝީދު ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 11:45 ހާއިރުއެވެ.