ޢާއިލީ ގުޅުންތައް
ޢާއިލީ ގުޅުމަކީ ދެ ބަޔަކަށް ބެހިދާނެ ގުޅުމެކެވެ. ހިއްސީ ގުޅުމަކާއި މައުނަވީ ގުޅުމެކެވެ. މައުނަވީ ގުޅުމަށް ބަލާއިރު، ﷲ سبحانه وتعالى ވަޙީކުރައްވަނީ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ﴾ (الحجرات:١٠) މާނައީ: “މުއުމިނުންވާކަންކަށަވަރީ، އަޚުންތަކެއް ކަމުގައެވެ.” މި ގުޅުމަކީ ދުނިޔެއާއި އާޚިރަތުގައި ވެސް ކެނޑީ ނުދާނެ ގުޅުމެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ކަމުގައި ވިޔަސް މުއުމިނުންގެ ޢާއިލާއަކީ އެއްބަނޑުއެއްބަފާ ގުޅުމެއް އެމީހުންގެ މެދުގައި ދާއިމަށް އޮންނާނެ ގުޅުމެވެ. މުއުމިނުން ސިފަކުރެއްވުމުގައި ﷲ...