އިންސާނާގެ ޙަޔާތަށް މުހިއްމު 2 ޖުމްލަ (1)

photo_2021-07-02_19-58-00

  •  
  •  
  •  
  •  
  •  
  •  
  •  

السلام عليكم ތިޔަ ލޮބުވެތި ކިޔުންތެރިންނަށް އިސްލާމީ ރިވެތި ސަލާމުން ސަލާމް ކުރުމަށްފަހު، ކޮންމެ އިންސާނެއްގެ ޙަޔާތަށް ވަރަށް ބޭނުން ހިފޭނެ ދެ ޖުމްލައެއް ލިޔެލާނަމެވެ.

މިއީ ދެ ކަލިމަ އެކެވެ. އެއަށް ތިންވަނަ ކަލިމާއެއް ނުވެއެވެ. ތައުޙީދުގެ ހުރިހާ ބާވަތަކާއި ވައްތަރެއް މި ދެ ކަލިމައިން ތަޙްޤީޤު ކުރެވޭވަރުގެ މުހިއްމު ދެ ކަލިމައެވެ.

  • ގެ އަޅާ އޭނަގެ ފާފަތަކާ މެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ.
  • އަދި އޭނާގެ ވެރިރައްބަށް މެނުވީ އުންމީދު ކުރާކަމުގައި ނުވެއެވެ.

الله سبحانه و تعالىގެ އިލާހުވަންތަ ކަން ޤަބޫލު ކޮށްގެން ހުރެ ހަމައެކަނި އެ އިލާހަށް އަޅުކަންކުރުންމަތީ ދެމިހުންނަ މީހާ، އެއްވެސް ގަދަފަދަ ބާރުގަދަ ވެރިއެއް ދެކެ ބިރެއް ނުގަންނާނެއެވެ.

އެ މީހާގެ ބާރު ވަނީ ހަޟްރަތުގައިކަން އޭނާ ޤަބޫލު ކުރެއެވެ. އަނިޔާވެރިން ދެކެ އޭނާ ބިރެއް ނުގަންނާނެއެވެ. އެމީހާގެ ބާރު ވަނީ ހަޟްރަތުގައިކަން އޭނާ ޤަބޫލު ކުރެއެވެ. ވާރޭ ނުވެހުމަކުން އޭނާ ކަންބޮޑުވެ ގޮތްހުސް ނުވެއެވެ. ވާރޭ ވެއްސެވުމުގެ ބާރު ވަނީ ހަޟްރަތުގައިކަން އޭނާ ޤަބޫލު ކުރެއެވެ. ދަރިން ނުލިބުމަކުން އޭނާ ދެރަވެ، ހިތާމައިން މޮޅި ނުވެއެވެ. ދަރިން ދެއްވުމުގެ ބާރު ވަނީ ހަޟްރަތުގައިކަން އޭނާ ޤަބޫލު ކުރެއެވެ.

އަނބިން ނުކިޔަމަންތެރި ވެދާނެކަމަށް އޭނާ ބިރެއް ނުގަންނާނެއެވެ. އެކަނބަލުންގެ ހިތްތަށް ފުރޮޅުއްމުވުގެ ބާރު ވަނީ ހަޟްރަތުގައިކަން އޭނާ ޤަބޫލު ކުރެއެވެ. އެހެނެއްކަމަކު އޭނާ ބިރުގަންނަ ކަމުގައި ވަނީ ހަމަ އެކަނި އޭނާގެ ފާފަތަކާ މެދުއެވެ.

ގެ އަޅާ އޭނަގެ ފާފަތަކާމެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އެ މީހެއްގެ ފާފަތަކާ މެދު ބިރުވެތިވާށެވެ! އޭނާގެ ފާފަ މެނުވީ އޭނާ މާޔޫސް ނުކުރެއެވެ. ހެޔޮކަންކަން ކުރުމާއި ހެޔޮކަންކަމަށް އަމުރުކުރުމުން އިންސާނާ ފަހަތަށް ޖައްސަނީ އޭނާގެ ފާފަތަކެވެ. ނުބައިކަންކަމަށް އަރައިގަތުމާއި އެފަދަ ކަންކަން މަނާކުރުމުގެ ބާރު އިންސާނާގެ ކިބައިން ކެނޑި ދަނީ އޭނާއަށް ކުރެވިފައިވާ ފާފަތަކުގެ ސަބަބުންނެވެ.

މީސްތަކުންނަށް ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކޮށްފައި އެހެން މީހުންނާ ވަކިން އެކަނިވެވޭ ޙާލަތްތަކުގައި ފާފަތަކަށް އަރައިގަންނަ މީހާ އަމިއްލަ ނަފްސުގެ މަތިން ފޫހިވާން މާގިނަ ދުވަހެއް ނުނަގައެވެ. އޭނާ އެ ގޮވައިލާ ކަންތަކަކީ އޭނާގެ ޒަމީރު ޤަބޫލު ނުކުރާ ކަންތައްތަކެއް ކަމަށް ޚުދު އޭނާއަށް ޤަބޫލުކުރެވެން ފަށައެވެ. ނަތީޖާއަކަށް ވަނީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުން އެއީ އޭނާ އެންމެ ނުރުހޭ ކަންތައްކަމުގައި ވެގެންދިޔުމެވެ.

އަދި އެފަދަ މީހުން އޭނާގެ ވެރިރައްބާއި ބައްދަލުވާން ކުރާ އުއްމީދު ވަރަށް ބޮޑަށް ފަނޑުވެ، ގެ ޒިކުރު ކުރުން އެއީ އޭނާ ބިރުގަންނަ ކަމަކަށް ވެދެއެވެ. ދެން އޭގެން ސަލާމަތްވާން ކުރެވޭނެ ހަމައެކަނި ކަމަކީ ހަނދުމަކުރުމުން އެއްކިބާ ވުމެވެ. ނުވަތަ ފެއަށް ޖެހުމެވެ. އެހެނީ ގެ ޒިކުރުން އޭނާއަށް ހަނދާން ކޮށްދެވޭ ކޮންމެ ފަހަރަކު އޭނާއަށް ހަނދާންވާނީ އޭނާ ސިއްރިއްޔާތުގައި ކުރާ ފާފަތަކެވެ. އަދި އެކަމަކާ ދުރަށް ނުދެވިގެން އުޅޭ ފާފައިގެ އަޅުވެތިކަމެވެ. … ﷲ ގެ އަޅާ އޭނަގެ ފާފަތަކާމެދު މެނުވީ ބިރުގަންނަ ކަމުގައި ނުވެއެވެ. … (ނުނިމޭ)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.