އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އުފާކުރާށެވެ! އަޚުވަންތަ ކަމުގެ ލޯބީގައި ވެވޭ އެކުރެވި ކަމަކީ އެނޫން އެހެން ހުރިހާ ލޯތްބެއްގެ މައްޗަށް ކުރިހޯދާ ލޯތްބެވެ.

އަޚުވަންތަ ކަމަކީ މުއުމިނުންނަށް ޚާއްޞަ ސިފައެކެވެ. އެކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވަނީ ﴿إِنَّمَا الْمُؤْمِنُونَ إِخْوَةٌ﴾ (سورة التوبة الحجرات: 10) މާނައީ:- "مؤمنން ވާކަން ކަށަވަރީ، أخންތަކެއް ކަމުގައެވެ." މިއެވެ.

Ad
rt

އިސްލާމްކަމުގެ ގުޅުމަކީ އިލާހީ ގުޅުމެކެވެ. އެއް އަމާޒަކަށް ކުރާ ދަތުރެކެވެ. އެއްކައުވަންތަ ފަރާތެއްގެ ރުހުން ހޯދުމެވެ. ވަކިވަކި ކޮންމެ ފަރުދެއްގެ އާޚިރު ފައިސަލާ ކަމުގައި ﷲއާއި އެކަލާނގެ ރަސޫލާ ގެންނެވި ހުކުމް ކަނޑައަޅާ ކަނޑައެޅުމެކެވެ. އަމިއްލަ އެދުމާއި، ތިމާގެ ބައި ބޮޑު ކުރުމުގެ ސިޔާސަތުން އެއްކިބާވެ ތިބޭ ތިބުމެކެވެ.

މުސްލިމުންގެ އަޚުވަންތަކަމުގެ މިސާލަކީ ބިނާ އެއްގެ މިސާލެވެ. عَنْ أَبِيمُوْسَى - رَضِيَ اللهُ عَنْهُ - قَالَ: قَالَ رَسُوْلُ اللهِ - صَلَّى اللهُعَلَيْهِ وَسَلَّم -: ((الْمُؤْمِنْ لِلْمُؤْمِنِ كَالْبُنْيَان يَشُدُّبَعْضُهُ بَعْضًا))؛ مُتَّفَقُ عَلَيْهِ. އަބީ މޫސާ- رَضِيَ اللهُ عَنْهُ-ގެ ކިބައިން ރިވާވެގެން رَسُوْلُ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّم –ޙަދީޘްކުރެއްވިއެވެ. އެއް މުއުމިނަކާއި އަނެއް މުއުމިނެއްގެ މިސާލަކީ ބިނާއެއްގެ މިސާލެވެ. އޭގެ އެއްބައި ވަނީ އަނެއްބަޔާ ގުޅިފައެވެ. އިލާހީބަސްފުޅު އެ ދުލެއްގައިވި ދޫފުޅުން ބަޔާންކުރެއްވި އެކުވެރިކަމަކީ އެފަދަ ދެވަނަ އެއް ނެތް އެކުވެރިކަމެކެވެ. އެއްވެސް ބިނާއެއް އޭގެ އެއްބައި އަނެއްބަޔާ ގުޅި ލާމެހިގެން މެނުވީ ސާބިތުކަމާއެކީ ކޮޅަށް ނުހުރެއެވެ. އޭގެ ބައިބައި ވަކިވެ ބިނާއިން ނެއްޓި ވަކިވާން ފަށައިފިނަމަ، އިސާހިތަކު ބިނާ ވެއްޓި ފުނޑުފުނޑު ވެދާނެއެވެ.

ހަމަ އެފަދައިން މުސްލިމުން ވެސް އެކަކު އަނެކަކާ ރުޅިމޫނު ދައްކައި، ދުރުވާން ފަށައިފިނަމަ މާގިނަ ވަގުތެއް ނުވަނީސް އެ މީހުންގެ މެދުގައި މައްސަލަތައް ފެށި އެކުވެރިކަން ގެއްލި ހިނގައިދާނެއެވެ. އެހެންވެއްޖެނަމަ، މުސްލިމުންގެ ޢަދާވާތްތެރިން އެ މީހުންގެ މައްޗަށް ބާރުގަދަ ކޮށްފާނެއެވެ. މި ހާލަތައް ވެއްޓުނަ ނުދީ މުސްލިމުންގެ އެކުވެރިކަން ދަމަހައްޓަން ވާނެއެވެ.

މުސްލިމުންގެ އެކުވެރިކަން ދެމެހެއްޓޭނީ އެކަކު އަނެކެއްގެ ޙާލުބަލައި ވެވުނު މިންވަރަކުން މަދަދު ކޮށްގެންނެވެ. މުސްލިމުން އަޚުންނާއި އުޚްތުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރި ވުމުގައި ދެމި ތިބޭނަމަ، އެބަޔަކަށް އެހީތެރިވެ ވޮޑިގަތުމުގައި ﷲ سبحانه وتعالى ދެމިވޮޑިގެން ވެއެވެ.

وعن ابن عمرَ رضي اللَّهُعنهما: أَن رسولَ اللَّه ﷺ قَالَ: المسلمُ أَخو المسلم، لا يَظلِمُه،ولا يُسْلِمُهُ، ومَنْ كَانَ فِي حاجةِ أَخِيهِ كانَ اللَّهُ فِي حاجتِهِ،ومَنْ فَرَّجَ عَنْ مُسلمٍ كُرْبةً فَرَّجَ اللَّهُ عَنْهُ بها كُرْبةً مِنْ كُرَبِ يومالقيامةِ، وَمَنْ سَتَرَ مُسْلمًا سَتَرَهُ اللَّهُ يَومَ الْقِيامَةِ مُتَّفَقٌ عَلَيهِ.

މާނައީ: "އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އަނެކާ އަށް އަނިޔާވެރި ނުވާނެއެވެ. އަދި އޭނާގެ ޢަދާވާތްތެރިންނަށް އަނެކާ ދޫކޮށެއް ވެސް ނުލާނެއެވެ. މުސްލިމް އަޚާގެ ބޭނުންތައް ފުއްދައިދިނުމުގައި ދެމިހުރެއްޖެ މީހާގެބޭނުންތައް ފުއްދައިދެއްވުމުގައި ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. އަދި މުސްލިމެއްގެކިބައިން ދަތި އުނދަގުލެއް ދުރުކޮށްފި މީހެއްގެ ކިބައިން ދަތި އުނދަގުލެއް ﷲތަޢާލާ ޤިޔާމަތް ދުވަހުން ފިއްލަވާ ހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިފިމީހެއްގެ ޢައިބު ޤިޔާމަތް ދުވަހުން ﷲ ތަޢާލާ ފޮރުއްވަވައި ދެއްވާހުއްޓެވެ."

ކަން މިހެން އޮތްއިރު، ތިބާގެ އެކުވެރިއާއަކީ ކިޔަމަންތެރި މުއުމިނު އެކުވެރިއެއްނަމަ، ތިބާ އަށް އުފާވެރިކަން ހުއްޓެވެ. އެ އެކުވެރިޔާ ތިބާއަށް ރަނގަޅުކަންކަމުގައި އެހީތެރިވާނެއެވެ. އަދި ގޯސްކަންކަމާ ތިބާ ދުރު ކުރާނެއެވެ. އެފަދަ އެކުވެރިއެއް ތިބާ އަށް ލިބިފައިނުވާނަމަ، އެފަދަ އެކުވެރިއެއް ހޯދަން އަވަސްވެގަންނާށެވެ!