ސުވަރުގޭގައި ދެވޭ މަރުޙަބާގެ ކަނާ!
މުސްލިމުންގެ އުންމީދީ މަންޒިލަކީ ސުވަރުގެއެވެ. ދުނިޔޭގެ ހުރިހާ ލައްޒަތެއް ދޫކޮށްފައި ކިޔަމަންތެރިކަމާ އެކު އަޅުކަންކޮށް، ނަހީތަކާ ދުރުގައި މުސްލިމުން ތިބެނީ ސުވަރުގެ އަދައިގެންނެވެ. ސުވަރުގެއަށް ވަނުމުގެ ނަސީބު ލިބޭ މީހުންނަކީ އުފާވެރި ދިރިއުޅުމެއްގައި ވާނެބައެކެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރެއްވިއެވެ. ﴿فَأَمَّا مَن ثَقُلَتْ مَوَازِينُهُ (٦) فَهُوَ فِي عِيشَةٍ رَّاضِيَةٍ (٧)﴾ (القارعة) މާނައީ: “ފަހެ، އެ މީހެއްގެ (ހެޔޮ ކަންތަކުގެ) ތިލަފަތް ބަރުވެއްޖެ މީހާ ދަންނާށެވެ!(6) ފަހެ، އެ މީހާ ވާހުށީ...