ޙައްޖު ދުވަހާއި ބޮޑު ޢީދު

989C8CE1-1F9E-4049-9A9A-095C6956A72E

  •  
  •  
  •  
  •  
  •  
  •  
  •  

ބައެއް އިންސާނުން އަނެއްބައި އިންސާނުންގެ މައްޗަށް، ބައެއް ކަންކަންއަނެއްބައި ކަންކަމުގެ މައްޗަށް، އަދި ބައެއް ދުވަސްތައް އަނެއްބައި ދުވަސްތަކުގެމައްޗަށް މާތް ކުރައްވައި މަތިވެރި ކުރެއްވީ سبحانه وتعالى އެވެ.

އަޅުގަނޑުމެން ގުނަމުން މިދަނީ އެންމެ މަތިވެރި ވެގެންވީ 10 ދުވަހެވެ. އާދެ! އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ދުވަސްތައް ގަންދެއްވައި ތަޢާލާ އެއިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައިވެއެވެ. ﴿وَالْفَجْرِ * وَلَيَالٍ عَشْرٍ﴾ (الفجر  : 1-2) މާނައީ: “ފަތިސް ގަންދެއްވަމެވެ * އަދި ދިހަ ރޭ ގަންދެއްވަމެވެ.”

ކަންމިހެން އޮތްއިރު ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން ހޯދޭތޯގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. މި ދުވަސްތައް ހެޔޮގޮތުގައި ބޭނުންކުރުމަށްކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ގިނަގިނައިން ޤުރްއާން ކިޔެވުމާއި، ސުންނަތްނަމާދު ކުރުމާއި، ތަހުލީލާ ތަކުބީރު ކިޔުމާއި، އެ މަހުގެ ފުރަތަމަ ނުވަ ދުވަހުރޯދަހިފުމާއި، އަޟްޙާ ޢީދު ދުވަހުގެ ޢީދުނަމާދު ކުރުމާއި، އުޟުޙިޔާ ކަތިލުންހިމެނެއެވެ.

ޙައްޖުމަހުގެ ސުންނަތް ރޯދައަކީ މާތް ރޯދައެކެވެ. އެ މަހުގެ 9 ވަނަ ދުވަހު،އާދެ ޢަރަފާތްދުވަހު ރޯދަހިފުމަކީ ސުންނަތްކަން ގަދަވެގެންވާ ކަންކަމެވެ. އެ ދުވަހުގެރޯދަ ޢަރަފާތް ބިމުގައި ތިބޭ މީހުން ހިފާކަށް ނުޖެހޭނެއެވެ. އެ ދުވަހު ރޯދަހިފުން އޮތީހަމައެކަނި އެނޫން މީހުންނަށެވެ. ޢަރަފާތް ދުވަހުގެ ރޯދައިގެ މަތިވެރިކަމާ ބެހޭގޮތުންނަބިއްޔާ صَلَّى اللهُ عَلَيْهِ  وَسَلَّم ޙަދީޘްކުރެއްވިއެވެ. “ޢަރަފާތް ދުވަހު ރޯދަހިފުމުގެ ސަބަބުން އިސްވެ ދިޔަ އަހަރުގެ ފާފަ އާއި ކުރިއަށް އޮތް އަހަރުގެ ފާފަފުއްސަވައިދެއްވާނެ ކަމަށް سبحانه وتعالىގެ ޙަޟްރަތުން ތިމަންކަލޭގެފާނުއުންމީދު ކުރައްވަމެވެ.” (رواه مسلم)

އެއަށްފަހު ދެން އަންނަނީ ބޮޑު ޢީދު ދުވަހެވެ. ތަކްބީރު ޢީދު ނުވަތަ ބޮޑުޢީދަކީ މުސްލިމުން ފާހަގަ ކުރާ ދެ ޢީދުގެ ތެރެއިން އެއް ޢީދެވެ. ބޮޑު ޢީދަކީ ޙައްޖުގެއަޅުކަމާ ގުޅިގެން އަންނަ ޢީދެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ބޮޑު ޢީދު ފާހަގަ ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީ އުޅުނު ބައެކެވެ. ނަމަވެސް މިއަދުގެ މުޖްތަމަޢުގައި ކަންހިނގާ މަގަށް ބަލާއިރު ޢީދު ފާހަގަކުރުން އިހުނަށްވުރެ ދަށްވެފައިވާކަން އެއީ ހިތާމަވެރި ޙަޤީޤަތެކެވެ.

ޢީދަކީ މުސްލިމުން އުފާ ފާޅުކުރުމަށް ﷲ ކަނޑައަޅުއްވާފައިވާ ދުވަހެކެވެ. އެ ދުވަހަކީ ކެއުންބުއިމާއި، ކުޅިވަރު ކުޅުމާއި، އެކިގޮތްގޮތުން، މުނިއަވަސް ފިލުވުން ހިމެނޭހެން އޮންނަ ދުވަހެއް ކަމުގައި އެ އިލާހު ވަނީ ލައްވާފައެވެ. ވަކިން ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ފަޤީރުންނާއި ނިކަމެތިން އެނޫންމީހުންނާ އެކު ގުޅި އެއްވެ އެކުގައި ފާހަގަ ކުރާ ދުވަހެއްގެ ގޮތުގައި މިދުވަސް އޮންނަ އޮތުމެވެ. މިކަން ނެތިވެގޮސް ޙަޔާތުގައި އަންނަ އެންމެ ފޫހިކަން ގެނުވާ ދުވަހުގެ ގޮތުގައި ޢީދު ދުވަސް އޮންނަ އޮތުމަކީ މީގެ ކުރިން ދެންނެވުނު ހިތާމަވެރި ޙަޤީޤަތެވެ. މި އަހަރުގެ ޢީދަކީ ވަރަށް މަޖާ ޢީދަކަށް ހެދޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކިޔުންތެރިންނަށް އިލްތިމާސް ކުރަމެވެ.

ބޮޑު ޢީދުގެ އެންމެ މަތިވެރި އެއްކަމަކީ ގެ މަގުގައި ކަތިލެވޭޤުރުބާނީތަކެވެ. ކެރިފޯރުންތެރިކަން ލިބިފައިވާ ކޮންމެ މީހަކު އުޟުޙިޔާގެ ގޮތުގައިނަޢަމްސޫފީގެ ތެރެއިން ޖަނަވާރެއް ގެ މަގުގައި ކަތިލުން އެއީ ގަދަވެގެންވާސުންނަތެކެވެ. އުޟުޙިޔާ ކަތިލާނީ އަޟްޙާޢީދު ދުވަހުގެ ޢީދު ނަމާދަށްފަހުއެވެ. ކޮންމެމީހަކު ވެސް އެ މީހެއްގެ އުޟުޙިޔާ އަމިއްލައަތުން ކަތިލުން އެއީ އެންމެ އައުލާވެގެން ވާ ގޮތެވެ. އެ މީހަކު އަމިއްލައަށް އެކަން ކުރަން ނުކެރޭނަމަ އުޟުޙިޔާކަތިލާތަނަށް ހާޒިރުވެ އެކަމުގައި ބައިވެރި ވުމާއި، ކަތިލެވޭ ޖަނަވާރުގެ މަސް ކެއުމަކީވެސް ސުންނަތެކެވެ.

އުޟުޙިޔާގެ ގޮތުގައި ޤުރުބާން ކުރެވޭ ނަޢަމްސޫތްޕަކީ އެއް ގެއެއްގައި ކައިބޮއިއުޅޭ ގޭބިސީގެ އެންމެންނަށް ޝާމިލުވެވޭ ގޮތަށް އޮންނަ އެއްޗެކެވެ. ބަކަރި، ކަންބަޅި،ގެރި ނުވަތަ ޖަމަލު އެއީ އުޟުޙިޔާގެ ގޮތުގައި ކަތިލެވޭ ތަކެއްޗެވެ. ގެރި އަދި ޖަމަލުގައި 7 މީހުންނަށް ހިއްސާވެވޭ ގޮތަށް އޮންނަ އޮތުމަކީ އިސްލާމްދީނުގެ ފަރާތުންދެއްވާފައިވާ ވަރަށް ފުރިހަމަ ލުޔެކެވެ.

ޢީދު ދުވަހު އުޟުޙިޔާގެ ގޮތުގައި ކަތިލަން ހޯދަންވާނީ އެކަމުގެ ޝަރުތުތައްފުރިހަމަވެ ޢައިބުތަކުން ސަލާމަތް ވެފައިވާ ޞިއްޙަތު ރަނގަޅު ޖަނަވާރެކެވެ.

އުޟުޙިޔާ ކަތިލަން ނިޔަތްގަންނަ މީހާ، ޙައްޖު މަހުގެ ފުރަތަމަ ދުވަހުންފެށިގެންއޭނާގެ ޤުރުބާނީ ކަތިލެވިއްޖައުމަށް ދާންދެން، ޤަޞްތުގައި އޭނާގެ ހަށިގަނޑުންހަންކޮޅެއް ނެއްޓުމާއި، ނިޔަފަތި ކެނޑުމާއި، ގައިން އިސްތަށި ކޮށުން ނުވަތަ ބޭލުމުންދުރުހެލިވެ ހުރުމަކީ ވެސް ސުންނަތެކެވެ. މިކަން އޮތީ އުޟުޙިޔާއަށް ޚަރަދުކޮށް އެކަންކުރުމައިގެން އުޅޭ މީހާއަށް އެކަންޏެވެ. ޝާމިލުވާ އެންމެނަކަށް ނޫނެވެ.

އުޟުޙިޔާ ކަތިލުމަކީ މަތިވެރި އަޅުކަމަކަށް ވީ ހިނދު، އެކަމުގެ އެންމެ މުހިއްމުއަސާސަކީ ދެއްކުންތެރިކަމުން ދުރުވެ ހުރެ ހިތް ނިޔަތް އިޚްލާޞްތެރިކަމާ އެކުހަމައެކަނި އަށް ޚާލިޞްކުރުމެވެ. سبحانه و تعالى ކީރިތި ޤުރުއާނުގައިއަންގަވަނީ: ﴿لَن يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِن يَنَالُهُ التَّقْوَىٰ مِنكُمْ﴾ (سورة الحج: ٣٧) މާނައީ: “އެ ތަކެތީގެ މަހެއް ވެސް އަދި ލެޔެއް ވެސް اللَّهގެޙަޟްރަތަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެޙަޟްރަތަށް ދަނީ ތަޤުވާވެރިކަމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.