Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,048 Stories
2,669 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އެމްޑަބްލިއުއެސްސީއަށް ކަރަންޓް ފޯރުކޮށްދޭން ސްޓެލްކޯއާއެކު އެއްބަސްވުމެއް
Business

އެމްޑަބްލިއުއެސްސީއަށް ކަރަންޓް ފޯރުކޮށްދޭން ސްޓެލްކޯއާއެކު އެއްބަސްވުމެއް

އެމްޑަބްލިއުއެސްސީއަށް ކަރަންޓް ފޯރުކޮށްދޭން ސްޓެލްކޯއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހެވެ. ސްޓްލެކޯއިން ބުނީ އެ ކުންފުނީގެ މެނޭޖްމަންޓުގެ ހަރުދަނާ ސިޔާސަތުތަކާއި، ކެނޑިނޭޅި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން، ކުންފުނީގެ ގްރިޑް ސ...

މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
Thiladhunmathi News

މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ށ. މިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރު ވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި ގައު އެތުރުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ […]

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫއިން އަންނަ މަހު ބާއްވަނީ
Business

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް އުރީދޫއިން އަންނަ މަހު ބާއްވަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް “އުރީދޫ ނޭޝަން ގޭމާސް ލޭންޑް” އަންނަ މަހު ބާއްވަން ނިންމައިފިއެވެ. އުރީދޫ މޯލްޑިވްސް އިން އިއުލާންކޮށްފައިވާ ގޮތުގައި މި ފެސްޓިވަލް ކުރިއަށްދާނީ އަންނަ އޮކްޓޯބަރު މަހުގެ 19، 20 އަދ 21ގައެވެ. އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ ތެރޭގައި އުރީދޫ ނޭޝަން ޕަބްޖީ މޯބައިލް، […]

ސެކިއުރިޓީ ވަރުގަދަކުރަން ބީއެމްއެލް މޯބައިލް އަދި އިންޓަނެޓް ބޭންކިންއަށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް
Business

ސެކިއުރިޓީ ވަރުގަދަކުރަން ބީއެމްއެލް މޯބައިލް އަދި އިންޓަނެޓް ބޭންކިންއަށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް

ބޭންކް އޮފް މޯލްޑިވްސް އިން އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ޑިވައިސް މެނޭޖްމަންޓް ހިދުމަތް ތައާރަފްކޮށްފިއެވެ. މިއީ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން އެ ބޭންކުން ތައާރަފު ކުރި ހިދުމަތެކެވެ. މި ޚިދުމަތް މެދުވެރިކޮށް ބީއެމްއެލް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓާކޮށް އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެއެވެ. ބީ...

ހޮޅުދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
Business

ހޮޅުދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ނ. ހޮޅުދޫ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަޝްރޫއުގެ މަސައްކަތް ފެށީ މިއަދުއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ސައިޓުގައި ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 10,614 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1,375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަހައްދެއް ފުންކުރުމާއި، 570 މީޓަރުގެ ބޭރުތޮށި ލުމާއި، 14 [...

ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ފަތުރަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް: ސްޓެލްކޯ
Business

ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ފަތުރަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް: ސްޓެލްކޯ

ރިޔާސީ އިންތިޚާބާ ގުޅިގެން ސްޓެލްކޯގެ ތަސައްވުރު ކިލަނބުވާގޮތަށް ފަތުރަނީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބާއި ގުޅުވައިގެން “ދިޔަރެސް” ނޫހާއި، “ޗެނަލް 13” އިން ސްޓެލްކޯއާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ގުޅުވައި، އެ ކުންފ...

އުރީދޫ ހޯމް ބްރޯޑްބޭންޑް ޑިވައިސްތަކުން 50 އިންސައްތަ ޑިސްކައުންޓް
Business

އުރީދޫ ހޯމް ބްރޯޑްބޭންޑް ޑިވައިސްތަކުން 50 އިންސައްތަ ޑިސްކައުންޓް

އުރީދޫ މޯލްޑިވްސް އިން ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ އޮފާ އެއް ތައާރަފްކޮށްފިއެވެ. އުރީދޫއިން ތައާރަފު ކުރި މި އޮފާގެ ދަށުން އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ހޯމް ބްރޯޑްބޭންޑް ގެ ހިދުމަތަށް އެދދ3 ފަރާތްތަކަށް ހިދުމަތް ހޯދުމަށް ބޭނުންކުރާ ޑިވައިސްތަކުން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ގެ ޙިދުމަތައް މޫލީ މެދުވެރިކޮށް https://mool.ee/faseyhahbb އެދެވޭނެއެވެ. މި ގޮތަށް ޙިދުމަތަށް އެދުމުން ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ޑިވައިސް މުޅިން ޑެލިވަކޮށްދޭނެއެވެ...

ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފި

ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަޝްރޫއުގެ ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 18000 ކިއުބިކް މީޓަަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް، އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމުގެ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން 44 މީޓަރުގެ އެއްގަމުތޮށިލުމާއި 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައި ޖެޓީ ސަރަހައްދު ހިމާޔަތް ކޮށްފައިވާއިރު 51،587...

ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓް މޮބިލައިޒް ކޮށްފި
Business

ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓް މޮބިލައިޒް ކޮށްފި

ރ. ހުޅުދުއްފާރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކުރީ މި މަހުގެ އަށްވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 473 މީޓަރުގެ ގްރޮއިން ޖަހައި، 320 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. މީގެ އިތުރުން 100 މީޓަރުގެ ލޯ ކްރެސްޓެޑް ބޭރުތޮށިލުމާއި 20،500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް […]

އޭދަފުށީ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
Business

އޭދަފުށީ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ބ. އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް މި މަހުގެ ހަތްވަނަ ދުވަހު ވަނީ ސައިޓް މޮބިލައިޒް ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން 28،304 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރާނެއެވެ. އަދި 3،354 ކިއުބިކް މީޓަރު ސަރަހައްދެއްގެ ނެރު ފުން […]

ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ފަށައިފި
Business

ވެލިދޫ ޖޫނިއާ ކޮލެޖުގެ މަސައްކަތް ފަށައިފި

ނ.ވެލިދޫ ޖޫނިއާ ކޮލެޖް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މި ކޮލެޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ކޮލެޖުގެ މަސައްކަތް ފެށީ މި މަހުގެ ފަސް ވަނަދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގެ އިމާރާތެއް އަޅާނެއެވެ. އަދި މި އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާއި، އައިސީޓީ ލެބަކާއި، ލައިބްރަރީއަކާއި 2 ވޯކްޝޮޕް ހުންނާނެއެވެ. […]

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި
Business

މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފި

އދ. މަންދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްފިއެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްޗީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި، އައިކެއާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޑރ. އަބުދުﷲ ޒާހިރު އަދި މަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހުސައިންއެވެ. މަންދޫ ފެނާއި ނަރުދަމާ ނިޒާމަކީ އެ ރަށު ކައުންސިލާއި 17 އޮގަސްޓް 2016 ގައި އައިކެއާ ޕްރައިވެޓް ލިމިޓެޑާއި އެކު ވެވުނު ކޯޕަރޭޓް ސޯޝަލް ރެސްޕޮންޒިބިލިޓީ (ސީއެސްއާރު) އެގްރީމެންޓެއްގެ ދަށުން ގާއިމްކޮށްފައިވާ ހިދުމަތެކެވެ....

ވެލިއެޅުމަށް ބޭނުންވާ ގޯތިތަކުގެ ލިސްޓަކަށް އެދުނު، އިހަވަންދޫ ކައުންސިލުން އެކަން ނުކުރޭ: އެމްޓީސީސީ
Thiladhunmathi News

ވެލިއެޅުމަށް ބޭނުންވާ ގޯތިތަކުގެ ލިސްޓަކަށް އެދުނު، އިހަވަންދޫ ކައުންސިލުން އެކަން ނުކުރޭ: އެމްޓީސީސީ

އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ވެލި އެ ރަށުގެ ގޯތިތަކަށް އަޅައިދޭނެ ކަމަށްބުނެ ޚަބަރުނުވާ ކަމަށް ހއ. އިހަވަންދޫ ކައުންސިލުން ބުނިވާހަކަތައް އެމްޓީސީސީން ދޮގުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ނެރުނު ބަޔާނެއްގަައި ބުނީ ވެލި ބޭނުންވެގެން ނޯޓުކޮށްފައިވާ ގޯތިތަކަށް ވެލި އަޅައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނި ކަމަށެވެ. އަދި އެ މަސައްކަތް ފެށޭނެ ތާރީހެއް އަންގަން އެދުނު ނަމަވެސް އެ ކުންފުނިން ޖަވާބު ދީފައި ނުވާ ކަމަށް އެ ކައުންސިލުން ބުންޏެވ...

އެމްޓީސީސީން ރާއްޖޭގެ ޓްރޭނިން އިންސްޓިޓިއުޓުތަކަށް ޔަންމާ އިންޖީނު ހަދިޔާކޮށްފި
Business

އެމްޓީސީސީން ރާއްޖޭގެ ޓްރޭނިން އިންސްޓިޓިއުޓުތަކަށް ޔަންމާ އިންޖީނު ހަދިޔާކޮށްފި

އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ރާއްޖޭގެ ޓްރޭނިން އިންސްޓިޓިއުޓްތަކަށް ޔަންމާ އިންޖީނު ހަދިޔާކޮށްފިއެވެ. އެމްޓީސީސީގެ ކަށަވަރު ޝޯރޫމުގައި ބޭއްވި ހަފުލާއެއްގައި ޔަންމާ “ވައި4ޔޫ60″ގެ 11 އިންޖީނު ވަނީ ހަދިޔާކޮށްފައެވެ. މިއީ ހަތަރު މިލިއަން ރުފިޔާގެ އިންޖީނުތަކެކެވެޒ އިންޖީނުތައް ޓްރޭނިން އިންސްޓިޓިއުޓްތަކުގެ ވެރިންނާ ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އެމްޓީސީސީން މި އިންޖީނުތައް ހަދިޔާ ކުރި އިންސްޓިޓިއުޓްތަކަކީ: * ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އި...

އުތީމު ނެރުފައިކަށީގެ މަސައްކަތާއި އިތުރު ދެ ރަށުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Thiladhunmathi News

އުތީމު ނެރުފައިކަށީގެ މަސައްކަތާއި އިތުރު ދެ ރަށުގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޅ. އަތޮޅު ކުރެންދުއާއި އޮޅުވެލިފުށީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ހއ. އުތީމު ނެރުފައިކަށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. ކު...