އުރީދޫ ހޯމް ބްރޯޑްބޭންޑް ޑިވައިސްތަކުން 50 އިންސައްތަ ޑިސްކައުންޓް

c00d0f3a-0bf4-4889-a336-fef93b5119ef

އުރީދޫ މޯލްޑިވްސް އިން ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ އޮފާ އެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ތައާރަފު ކުރި މި އޮފާގެ ދަށުން އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ހޯމް ބްރޯޑްބޭންޑް ގެ ހިދުމަތަށް އެދދ3 ފަރާތްތަކަށް ހިދުމަތް ހޯދުމަށް ބޭނުންކުރާ ޑިވައިސްތަކުން 50 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ގެ ޙިދުމަތައް މޫލީ މެދުވެރިކޮށް https://mool.ee/faseyhahbb އެދެވޭނެއެވެ. މި ގޮތަށް ޙިދުމަތަށް އެދުމުން ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ޑިވައިސް މުޅިން ޑެލިވަކޮށްދޭނެއެވެ.

ފަސޭހަ މިނީ އަދި ފަސޭހަ ހޯމްބްރޯޑްބޭންޑް ޕެކޭޖް ތަކަކީ ބޮޑެތި ޑޭޓާ އެލަންވަންސްތަކާއެކު ސްޓްރީމިން ޑޭޓާ އާއި ރެގިއުލަ ޑޭޓާ ހިމަނައިގެން ފަރުމާކުރެވިފައިވާ ފުރިހަމަ ޕެކޭޖްތަކެކެވެ. ސްޓްރީމިން ޕްލެޓްފޯމްތަކަށް ހާއްސަ ޑޭޓާ ވީޑިއޯ ސްޓްރީމްކުރުމަށް ބޭނުންކުރެވޭއިރު، ސޯޝަލް މީޑިއާ ބޭނުންކޮށް، ޗެޓް ކޮށް، އަދި އިންޓަނެޓް ބްރައުޒް ކުރުމަށް ރެގިއުލަ ޑޭޓާ ބޭނުންކުރެވޭނެއެވެ.

ފަސޭހަ އަދި ފަސޭހަ ހޯމްބްރޯޑްބޭންޑް ޕެކޭޖްތަކުގެ މައުލޫމާތު https://www.ooredoo.mv/broadband/faseyha މެދުވެރިކޮށް ބަލާލެވޭނެއެވެ.

ފަސޭހަ ހޯމް ބްރޯޑްބޭންޑް ނަގާ ފަރާތްތަކަށް ލިބޭ ފަސޭހައަކީ ކޭބަލް އެޅުމަށް އިތުރަށް މަޑުކުރަންނުޖެހި ،ރައުޓަ ގުޅާލުމުން ވަގުތުން ޚިދުމަތް ލިބިގެންދާކަމެވެ. އަދި އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްލަން ފަސޭހަ ރައުޓަރަކާއެކު ފަސޭހަ ހޯމްބްރޯޑްބޭންޑްގެ ޚިދުމަތަކީ، ގެއިން މަސައްކަތްކުރާ މީހުންނާއި ކިޔަވާ ދަރިވަރުންނަށް ފަސޭހަ ޚިދުމަތެއްކަންވެސް އުރީދޫ މޯލްޑިވްސްއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ފަސޭހަ މިނީ އަކީ ދަތުރުމަތީގައްޔާއި، ކަފޭ، ރެސްޓޯރަންޓް އަދި ކޮންމެތާކުވެސް މަސައްކަތްކޮށްލުމަށް ނުވަތަ އިންޓަނެޓް ބޭނުންކޮށްލުމަށް ވަރަށް ފުރިހަމަ ހިދުމަތެކެވެ. ޖީބަށް ލެވޭ ސައިޒުގެ މި ކުޑަ ޑިވައިސް ޗާޖް ކޮށްލައިގެން ކޮންމެތާކުންވެސް އިންޓަނެޓް ގެ ހިދުމަތް ބޭނުންކޮށްލެވޭނެއެވެ.

ފަސޭހަ އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ގެ ހިދުމަތް އެކްޓިވޭޓްކޮށް، ޑޭޓާ ބެލަންސް ބަލާލާ، ޕެކޭޖް އެކްޓިވޭޓްކުރުމަށް ފަސޭހަ ސެލްފްކެއާ ޕޯޓަލް http://ore.do/sn އަށް ޒިޔާރަތްކޮށްލެވޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި