Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,048 Stories
2,672 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި
Thiladhunmathi News

ނެއްލައިދޫ އައު އިންޖީނުގެއާއި މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފި

ހދ. ނެއްލައިދޫގެ އައު ފެނަކަ ކޯޕަރޭޝަނުން ގާއިމުކުރި އައު އިންޖީނުގެއާއި އެ އަތޮޅުގެ މަކުނުދޫ ފެނަކަ އޮފީސް ހުޅުވައިފިއެވެ. މި ދެތަން ހުޅުއްވައިދެއްވީ މި ހަގުތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ނެއްލައިދޫ އައު އިންޖީނުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ 22 އަހަރުވީ އިންޖީނުގެ ނިއްވައި އައު އިންޖީނުގެއިން ވަނީ ހިދުމަތް ދޭން ފަށައިފައެވެ. މިއީ 4234.5 އަކަފޫޓު ބޮޑު އިންޖީނުގެއެކެވެ. މީގެ ކުރިން އެ ރަށުގައި ހުރި އިންޖީނުގޭގައި […]

މ. އަތޮޅުގައި އެމްޓީސީސީން ސްޕީޑް ފެރީގެ ހިދުމަތް ފަށައިފި
Business

މ. އަތޮޅުގައި އެމްޓީސީސީން ސްޕީޑް ފެރީގެ ހިދުމަތް ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މ. އަތޮޅުގައި ދެމުން އައި ފެރީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕީޑް ފެރީ ހިދުމަތް ފަށައިފިއެވެ. އެ ކުންފުނިން މި ޚިދުމަތް ފެށީ އިއްޔެއެވެ. މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 45 ފަސިންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތައް ކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން މ. އަތޮޅުގެ ހުރިހާ ރަށަކަށް ހަފުތާއަކު ތިން ދުވަހު ފެރީގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. ސްޕީޑް ފެރީ ހިދުމަތުގެ […]

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި
Thiladhunmathi News

ދިއްދޫގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ޚިދުމަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި ޚިދުމަތް ފެށީ އިއްޔެއެވެ. ދިއްދޫގައި ބަހުގެ ހިދުމަތް ދިނުމަށް 32 މީހުންގެ ޖާގައިގެ ދެ ބަސް ބޭނުންކުރާނެއެވެ. މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެގެން އަދި، 10 މީހުންނަށް ކޮޅަށް ތިބެގެން ދަތުރު ކުރެވޭނެއެވެ. އާރުޓީއެލްގެ އެހެނިހެން ޚިދުމަތްތަކާއެއްގޮތަށް ދިއްދޫގައި ވެސް ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލެއެވެ. އެ […]

މާރަންދު އާއި ތަކަންދޫ ބަނދަރު ބޮޑުކުރަން އެމްޓީސީސީއަށް
Thiladhunmathi News

މާރަންދު އާއި ތަކަންދޫ ބަނދަރު ބޮޑުކުރަން އެމްޓީސީސީއަށް

ހއ. މާރަންދުއާއި ހއ. ތަކަންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މި ކޮންޓްރެކްޓްތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. ތަކަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން 15،565 ކިއުބިކް މީޓަރުގެ ބަނދަރު ކޮނުމާއި 161 މީޓަރުގެ ބޭރު ހިލަ ތޮށި ޖެހުމާއި 58 މީޓަރުގެ...

ތ. ރުއްތިބިރަށުގައި ރިސޯޓު ހަދަން ހުޅުވާލައިފި
Business

ތ. ރުއްތިބިރަށުގައި ރިސޯޓު ހަދަން ހުޅުވާލައިފި

ތ. ރުއްތިބިރަށުގައި ރިސޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އިއްޔެ ވަނީ އެ މިނިސްޓްރީން ވަނީ މިދިޔަ މަހު ރިސޯޓު ހަދަން އިއުލާން ކުރި ރަށަތަކުގެ ތެރެއަށް ރިއްތިބިރަށް އިތުރުކޮށްފައެވެ. ކުރިން ހިމެނޭ ދެ ރަށަކީ ހއ. މެދުފުއްޓާއި ށ. ނަލަންދޫއެވެ. ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރުއްތިބިރަށުގައި ރިސޯޓް ހަދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 10:00ގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ […]

ލ. ހިތަދުއާއި ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
Business

ލ. ހިތަދުއާއި ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ލ. ހިތަދު އާއި ކުނަހަންދޫ ގުޅާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރީ ހޮނިހިރު ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން ހިތަދުއާއި ކުނަހަންދޫ ގުޅާލުމަށް ހަމަޖެހިފައިވަނީ އިތުރު ރަށެއްވެސް ހިމަނައިގެންނެވެ. އެއީ އެ ދެރަށް ދޭތެރޭގައި އޮންނަ ފަޅު ރަށެއްކަމަށްވާ މެންދޫއެވެ. މި ތިން ރަށް ކޯޒްވޭއަކުން ގުޅާލުމުން [...

އެމްޕީއެލް ފްލެޓުތަކުގެ މަހު ކުލި ކުޑަކުރަނީ
Business

އެމްޕީއެލް ފްލެޓުތަކުގެ މަހު ކުލި ކުޑަކުރަނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހައުސިން ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2ގައި ހަދާފައިވާ “ޕޯޓް ރެސިޑަންސް”ގެ އެޕާޓްމަންޓުތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި ކުޑަކުރަން ނިންމައިފިއެވެ. އެމްޕީއެލުން ބުނީ، މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުސޫލަށް އެ ކުންފުނީގެ ބޯޑުން ގެނައި ބަދަލާއެކު ޑައުންޕޭމަންޓަށްފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު މުވައްޒަފުންނަށް ހުޅުވާލާފައިވާ ކަމަށެވެ. ކުރިން މަހުން މަހަށ...

ކޮލެޖު އަދި ޔުނިވާސިޓީ ދަރިވަރުންނަށް ވެސް ބަހާއި ފެރީގައި ހިލޭ ދަތުރު ކުރެވޭ ގޮތް ހަދައިފި
Business

ކޮލެޖު އަދި ޔުނިވާސިޓީ ދަރިވަރުންނަށް ވެސް ބަހާއި ފެރީގައި ހިލޭ ދަތުރު ކުރެވޭ ގޮތް ހަދައިފި

ކޮލެޖު އަދި ޔުނިވާސިޓީގެ ދަރިވަރުންނަށް އެމްޓީސީސީގެ އާރުޓީއެލް ބަހާއި ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދައިފިއެވެ. އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ފަރާތުން މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ދެމުން އަންނަ އަންމު ބަހުގެ ހިދުމަތާއި މާލެ ސަރަހައްދުގައި ދެމުން އަންނަ ވިލިމާލެ އަދި ހުޅުމާލެ ފެރީ ހިދުމަތުގައި ގްރޭޑް 12 އިން މައްޗަށް ތައުލީމު ހާސިލުކުރަމުން ގެންދާ ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. […]

މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރު 24 ގަޑިއިރު ބަހުގެ ހިދުމަތް ލިބޭނެ
Business

މާލެ އާއި ހުޅުމާލެއާ ދެމެދު މިހާރު 24 ގަޑިއިރު ބަހުގެ ހިދުމަތް ލިބޭނެ

މާލެ އާއި ހުޅުމާލޭގެ ބައެއް ރޫޓުތަކުގައި އެމްޓީސީސީން ދޭ އާރުޓީއެލްގެ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. މާލޭ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް މީގެ ކުރިން ދެމުން އައީ ހެނދުނު 5:45 އިން ރޭގަނޑު 12:15 އާ ހަމައަށެވެ. އަދި ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގައި ދަތުރުތައް މެދުކަނޑާލައެވެ. އެމްޓީސީސިން ބުނީ، މިހާރު މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ވެސްޓްޕާކުގެ ރޫޓުތަކާއި އާރް-7ގެ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް، 24 ގަޑިއިރު ބަސް ދަތުރުތައް ކުރާނެ ކަމަށެވެ. […]

މާލެއާއި އަތޮޅުތަކުގައި 4000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި
Business

މާލެއާއި އަތޮޅުތަކުގައި 4000 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި

މާލެއާއި އަތޮޅުތަކުގެ ތެރޭގައި 4،000 ސޯޝަލް ހައުސިން ޔުނިޓް ހެދުމުގެ މަސައްކަތް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސްޓްރަކްޗާސް އަންލިމިޓެޑާ ހަވާލުކޮށްފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާއި ސްޓްރަކްޗާސް އަންލިމިޓެޑާ ދެމެދު ވަނީ މަސައްކަތުގެ އިންޖިނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ...

އުރީދޫ ގައުމުތަކުގައި އައިއޯޓީ ގެ ޙިދުމަތްތައް ކުރިއެރުވުމަށް އައިއޯޓީ ވޯލްޑް އެލަޔަންސާ ގުޅިއްޖެ
Business

އުރީދޫ ގައުމުތަކުގައި އައިއޯޓީ ގެ ޙިދުމަތްތައް ކުރިއެރުވުމަށް އައިއޯޓީ ވޯލްޑް އެލަޔަންސާ ގުޅިއްޖެ

އައިއޯޓީ ސޮލިއުޝަންތައް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އުރީދޫ ގްރޫޕުން އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެއެވެ. އައިއޯޓީ ވޯލްޑް އެލަޔަންސަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ނެޓްވޯކް އޮޕަރޭޓާއެވެ. އުރީދޫއާއެކު ވެވުނު މި އެއްބަސްވުމާއެކު އުރީދޫ އަކީ އައިއޯޓީ ވޯލްޑް އެލަޔަންސްގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުންޏަށް ވަނީ ވެފައެވެ. ލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ އައިއޯޓީ ކަނެކްޓ...

އުރީދޫއިން އެޑްވާންސްކޮށް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެެއް
Business

އުރީދޫއިން އެޑްވާންސްކޮށް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެެއް

އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނާއެކު ކަސްޓަމަރުންނަށް ލުއިތަކެއް ލިބޭނެ އެވެ. އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކާލުމުން ކޮންމެ މަހަކު ބިލް ދައްކަން ނުޖެހުމުގެ ލުއިފަސޭހައިގެ އިތުރުން ބޮޑެތި ޑިސްކައުންޓާއި ބޯނަސް ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މިފަދަ ފައިދާތައް ދުނިޔޭގައި ކުރިއަރާފައިވާ ކުންފުނިތަކަށާއި ޕްލޭޓްފޯމް ތަކަށް ބަލާލިކަމުގައި ވިޔަސް އެއްފަހަރާ ދިގު މުއްދަތަކަށް ސަބްސްކްރައިބްކުރާ ނުވަތަ ފައ...

ތިލަފުށީގަައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރަނީ
Business

ތިލަފުށީގަައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީ ކުރަނީ

ތިލަފުށީގައި މޮޓޯ ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހަމަޖައްސާ އެކަމުގެ އެއްބަސްވުމެއްގައި އާބަންކޯއިން ޔޫތް މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އާބަންކޯގެ ފަރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އަހްމަދް އާތިފްއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހްމަދުއެވެ. އާބަންކޯއިން ބުނި ގޮތުގައި މި އެރީނާ ތަރައްގީ ކުރެވިގެންދާނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގައެވެ. އެގޮތުން ތިލަފުށިން 10 ހެކްޓަރުގެ ބިން މި މަޝްރޫއ...

ތިނަދޫ އައު އިންޖީނުގެ ހުޅުވައި، ހިދުމަތް ދޭން ފަށައިފި
Business

ތިނަދޫ އައު އިންޖީނުގެ ހުޅުވައި، ހިދުމަތް ދޭން ފަށައިފި

ގދ. ތިނަދޫގައި އަލަށް އިމާރާތް ކުރި ފެނަކައިގެ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފިއެވެ. އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. މި އިންޖީނުގެ ހުޅުވާފައިވަނީ އެ ރަށުގައި 20 އަހަރުވަންދެން ހިންގަމުން ދިޔަ އިންޖީނުގެ ނިއްވާލުމަަށްފަހުއެވެ. ތިނަދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތަކީ، ޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ. ފެނަކަ އިން ބުނެފައިވާ ގޮތުގަ...

އިނގުރައިދުއާއި ކޮޅުފުށީގެ މަގު ހަދަން އާރުޑީސީއާ ހަވާލުކޮށްފި
Business

އިނގުރައިދުއާއި ކޮޅުފުށީގެ މަގު ހަދަން އާރުޑީސީއާ ހަވާލުކޮށްފި

ރ. އިނގުރައިދުއާއި މ. ކޮޅުފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުންތަަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިގެ ޖެނެރަލް މެނޭޖަރު ހަސަން ސައީދުއެވެ. އިނގުރައިދޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން 56.4 މިލިއަން ރުފިޔާ އަށެވެ. މި […]