ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފި

IMG_0771

ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުން މި މަޝްރޫއުގެ ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 18000 ކިއުބިކް މީޓަަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް، އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމުގެ މަސައްކަތް ކޮށްފައެވެ.

މީގެ އިތުރުން 44 މީޓަރުގެ އެއްގަމުތޮށިލުމާއި 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހައި ޖެޓީ ސަރަހައްދު ހިމާޔަތް ކޮށްފައިވާއިރު 51،587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިން ހިއްކުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކޮށްފައެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 5.65 މިލިއަން ރުފިޔާއަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *