ބ. އޭދަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް މި މަހުގެ ހަތްވަނަ ދުވަހު ވަނީ ސައިޓް މޮބިލައިޒް ކޮށްފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 28،304 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުން ކުރާނެއެވެ. އަދި 3،354 ކިއުބިކް މީޓަރު ސަރަހައްދެއްގެ ނެރު ފުން ކުރުމާއި 402 މީޓަރުގެ އެއްގަމުތޮށިލުމާއި 170 މީޓަރުގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ރިވެޓްމަންޓް ޖެހުމާއޮ ރޭމްޕެއް ހެދުމާއި ބްރިޖެއް ހެދުމާއި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި މޫރިން ބޯއި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިމުމުން އޭދަފުއްޓަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ހައްލުލިބި، އިގްތިސާދީގޮތުން އެ ރަށަށް ފައިދާވާނެ ކަމަަށް އެމްޓީސީސީން ބުންޏެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 64.67 މިލިއަން ރުފިޔާއަށެވެ.