އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ރާއްޖޭގެ ޓްރޭނިން އިންސްޓިޓިއުޓްތަކަށް ޔަންމާ އިންޖީނު ހަދިޔާކޮށްފިއެވެ.

އެމްޓީސީސީގެ ކަށަވަރު ޝޯރޫމުގައި ބޭއްވި ހަފުލާއެއްގައި ޔަންމާ “ވައި4ޔޫ60″ގެ 11 އިންޖީނު ވަނީ ހަދިޔާކޮށްފައެވެ. މިއީ ހަތަރު މިލިއަން ރުފިޔާގެ އިންޖީނުތަކެކެވެޒ

Ad
rt

އިންޖީނުތައް ޓްރޭނިން އިންސްޓިޓިއުޓްތަކުގެ ވެރިންނާ ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން މި އިންޖީނުތައް ހަދިޔާ ކުރި އިންސްޓިޓިއުޓްތަކަކީ:

* ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އިންޖިނިއަރިން

* މޯލްޑިވްސް ޕޮލިޓެކްނިކް

* ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެޓް)

* ވިލާ ކޮލެޖް

* މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)

* އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަން

* އެމްއެންޑީއެފް

އެމްޓީސީސީން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަނީ ފަންނީ ޒުވާނުން ތިބި ޖީލެއް ބިނާކުރުމަށް ބާރު އަޅާ އެހީތެރިވެދިނުމަށް ކަމަށެވެ. މި އިންޖީނުތައް ހަދިޔާ ކުރީ ރާއްޖޭގައި މެރިން ދާއިރާއިން ޒުވާން މެކޭނިކުން ތަމްރީނުކޮށް އެ ދާއިރާ ފުޅާކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޔަންމާ އިންޖީނު މަރާމާތުކޮށް ދިމާވާ މައްސަލަތައް ދެނެގަނެ އަހުލުވެރިވެފައިވާ ގިނަ ޒުވާނުންތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަމްރީނުކުރުމަކީ މަގުސަދެއް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.