ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ކްރޮސްރޯޑްސްގައި ބާއްވަނީ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ މިއަހަރުގެ ބޮޑު ގާލާ ސެރެމަނީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް އިންޓަގްރޭޓެޑް ޑެސްޓިނޭޝަން ކަމަށްވާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ނިންމައިފިއެވެ. މިއީ 2017 ވަނަ އަހަރަށްފަހު ޑަބްލިއުޓީއޭގެ ވީއައިޕީ ރަސްމިއްޔާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ސެޕްޓެމްބަރު 2026 ގައެވެ. މި ތާރީޚަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ...