ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކް އެވޯޑާއެކު އުރީދޫ އަށް އިތުރު ކާމިޔާބީއެއް
އުރީދޫ މޯލްޑިވްސް އިން ފިކްސްޑް ބްރޯޑްބޭންޑްގެ ދާއިރާގައި ހޯދަމުން އަންނަ ކުރިއެރުންތަކާއެކު، އެ ކުންފުނީގެ ސުޕަނެޓް ހިދުމަތަކީ ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ ގޮތުގައި ކަނޑައަޅައި އޫކްލާ ސްޕީޑްޓެސްޓިން އިން އުރީދުއަށް އެވޯޑު ދީފި އެވެ. އުރީދޫން ބުނި ގޮތުގައި މި އެވޯޑަކީ ކަސްޓަމަރުންނަށް އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު އިންޓަނެޓްގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ. ޑިޖިޓަލް ގުޅުމަކީ ދިރިއުޅުމުގެ ކޮންމެހެން ބޭނުންތެރި ބަޔަކަށް ވެފައިވާ...