އަލްޖީރިއާގެ ތަރި ރިޔާދު މަހްރޭޒް ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި
ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ސްވިޒަލޭންޑް އަތުން 2-0 އިން ބަލިވެ އަލްޖީރިއާ މުބާރާތުން ކެޓުމާ ގުޅިގެން، އެ ގައުމުގެ ތަރި ރިޔާދު މަހްރޭޒް ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާންކޮށްފިއެވެ. އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ މަހްރޭޒް މި ނިންމުން ނިންމީ ބުރާސްފަތި ދުވަހު ކުޅުނު މެޗަށްފަހުއެވެ. މެޗަށްފަހު ވާހަކަދައްކަމުން މަހްރޭޒް ބުނީ، ކެރިއަރުގައި ރަނގަޅު ވަގުތުތަކާއި އުނދަގޫ ވަގުތުތައް ވެސް ކުރިމަތިވި ކަމަށާއި އެއީ ކެރިއަރުގެ ބައެއް ކަމަށެވެ. “ނަމަވެސް […]