މޮރޮކޯގެ ގައުމީ ޓީމާއި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ނުސައިރު މަޒްރައުއީ އަކީ އޭނާގެ މަޑުމައިތިރި މިޒާޖާއި، ދީނީ ކަންކަމަށް ބަހައްޓާ އަހައްމިއްޔަތުކަމުގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި "އަލް-ޙައްޖު" ގެ ނަމުން މަޝްހޫރުވެފައިވާ ކުޅުންތެރިއެކެވެ.
ފުޓްބޯޅައިގެ ކާމިޔާބު ކެރިއަރަކާއެކު އޭނާއަކީ ކީރިތި ގުރުއާނަށް ލޯބިކުރާ، ދީނީ ކަންކަމަށް ބޮޑު ސަމާލުކަމެއްދޭ ޒުވާނެކެވެ.
މަޒްރައުއީ އުފަންވީ 1997 ވަނަ އަހަރު ނެދަލޭންޑްސްގެ ލެއިޑްރެލްޑޯޕް އަށެވެ. އޭނާގެ އާއިލާއަކީ މޮރޮކޯގެ އުތުރު ސަރަހައްދަށް ނިސްބަތްވާ އާއިލާއެކެވެ. އެޑިއުކޭޝަނަލް ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުން ދިޔަ ނަމަވެސް، ފުޓްބޯޅަ ޓްރެއިނިންތަކާއި ކިޔެވުމާ ފުށުއަރަން ފެށުމުން އޭނާ ނިންމީ ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ.
ނުސައިރު މަޒްރައުއީ (ޖނ:3) ވޯލްޑް ކަޕްގައި މޮރޮކޯ އަށް ކުޅެނީ
ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު
މަޒްރައުއީގެ ފުޓްބޯޅަ ދަތުރު ފެށުނީ އަޔެކްސް އަމްސްޓެޑަމްގެ އެކަޑަމީންނެވެ. އެ ކްލަބުގެ ފުރަތަމަ ޓީމުން ޖާގަ ހޯދައި، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރި އަޔެކްސްގެ ރަން ޖީލުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވެ، 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައި އޭނާ ވަނީ އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑާ ގުޅިފައެވެ. އޭނާއަކީ ދިފާއީ އެކި މަގާމުތަކަށް ކުޅުމުގެ ގާބިލުކަން ލިބިފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
يُعرف نصير مزراوي بين بعض الجماهير بلقب "الحاج"، ليس فقط بسبب شخصيته الهادئة، بل أيضا لما يُعرف عنه من التزام ديني واهتمام بالقرآن الكريم إلى جانب مسيرته الكروية.
وُلد مزراوي عام 1997 في بلدة لايدردورب الهولندية لأسرة مغربية تنحدر من شمال المغرب. وبينما كان يدرس علوم التربية،… pic.twitter.com/ikQPobvjXb
— الجزيرة الوثائقية (@AljazeeraDoc) June 29, 2026
ބައިނަލްއަގުވާމީ މައިދާނުގައި މަޒްރައުއީ އިޚްތިޔާރުކުރީ އޭނާގެ އަސްލު ގައުމު ކަމަށްވާ މޮރޮކޯ ތަމްސީލުކުރުމަށެވެ. 2018 ވަނަ އަހަރުން ފެށިގެން މޮރޮކޯގެ ގައުމީ ޓީމަށް ކުޅެމުންދާ މަޒްރައުއީ އަކީ "އެޓްލަސް ލަޔަންސް" އިން ފަހަކަށް އައިސް ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގައި ހިއްސާވާ މުހިންމު ތަނބެކެވެ.
ދީނީ ޝައުގުވެރިކަމާއި މުސްތަގުބަލުގެ އުންމީދު
ދަނޑުމަތީގެ ކާމިޔާބީތަކުގެ އިތުރުން، މަޒްރައުއީ އެންމެ ބޮޑަށް ފާހަގަކުރެވެނީ ކީރިތި ގުރުއާނާ އޭނާ ބާއްވާ ގާތް ގުޅުމުގެ ސަބަބުންނެވެ. އޭނާ ވަނީ އެކި މުނާސަބަތުތަކުގައި ގުރުއާން އެއްކޮށް ހިތުދަސްކޮށް، އޭގެ މާނަ ދަނެގަތުމަށް ބޭނުންވާކަން ހާމަކޮށްފައެވެ.
"އަހަރެންގެ އެއް ހުވަފެނަކީ މުސްތަގުބަލުގައި އިމާމަކަށް ވުން،" މަޒްރައުއީ ބުނެފައިވެއެވެ. އޭނާ ބޭނުންވަނީ އޭނާ އުގެނޭ ދީނީ އިލްމު އެހެން މީހުންނަށް އުނގަންނައިދިނުމަށެވެ.
މަޒްރައުއީ އަކީ ފުޓްބޯޅައިގެ ކާމިޔާބީއާއެކުވެސް އަމިއްލަ ދީނާއި އުސޫލުތަކުގައި ސާބިތުވެ ހުރެ، ގިނަ ބައެއްގެ އިހުތިރާމް ހޯދާފައިވާ ނަމޫނާ ޝަޚްސިއްޔަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!