އުތީމު ކައުންސިލުގެ ރައީސް ސަސްޕެންޑް ކުރުން: ޝުޖާޢު ސިފަކުރެއްވީ ބިރުދެއްކުމެއް ކަމަށް
ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، އެއީ ބިރުދައްކައިގެން ކައުންސިލް އިންތިޚާބު ކާމިޔާބުު ކުރުމަށް ކުރިކަމެއްގެ ގޮތުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ސިފަކުރަށްވައިފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށް 14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހު (މިއަދު) ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން މި މަހު 8 ވަނަ ދުވަހު ބޭއްވި...