މޯލްޑިވް ގޭހުން މާލެ ސަރަހައްދަށް ހާއްސަކޮށްގެން، ލުއި ފުޅި ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވް ގޭހުން ބުނި ގޮތުގައި މިއަދުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ލުއި ފުޅިއަށް ރަޖިސްޓްރީ ކުރުމަށް ކުރިން ނަގަމުން އައި ފީ ނުނަގާނެ ކަމަށެވެ. އަދި މީގެ ބަދަލުގައި ދައްކަން ޖެހޭނީ ހަމައެކަނި ރިފިލް ކުރަން ނަގާ 200 ރުފިޔާ އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި ޕްރޮމޯޝަންގައި ފުޅި ލިބޭނީ ހަމައެކަނި މިހާރު ހުރި ލުއި ފުޅީގެ ސްޓޮކް ހުސްވަން ދެން ކަމަށް ވެސް މޯލްޑިވް ގޭހުން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ރާއްޖޭގެ ގޭބިސީ ތަކަށް ދޫކުރާ ލުއި ފުޅިއަކީ ރައްކާތެރިކަން ކަށަވަރުކޮށް، ޓެސްޓް ކޮށްފައިވާ ޕްރޮޑަކްޓް އެކެވެ. އަދި އެ ކުންފުނިން ބޭނުންކުރާ ގޭހަނީ ދުނިޔޭގައި މި ވަގުތު މިގޮތަށް ބޭނުންކުރާ އެންމެ ރައްކާތެރި ގޭހެވެ. މޯލްޑިވްގޭހުން ދާދިފަހުން ވަނީ ރާއްޖޭގައި އެމެރިކާގެ ކާލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް ތައާރަފުކޮށްފަ އެވެ.

މޯލްޑިވް ގޭހަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެކެވެ.