ފެނަކައިން، ށ. ފޭދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފިއެވެ.

ފޭދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢީދު މުހައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމުއެވެ.

Ad
rt

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ ސަޢީދު ވިދާޅުވީ ފެނަކައިން ރާއްޖޭގެ ރަށްތަކުގައި މިހާރު އިމާރާތްކުރާ އިންޖީނުގެތަކަކީ މިހާރު ހުރި އިންޖީނުގެތަކާ ވަރަށް ތަފާތު އިންޖީނުގެތަކެއް ކަމަށާއި މި އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން 48 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ފަށާފައިވާ ކަމަށާއި މީގެތެރެއިން 15 އިންޖީނުގޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް ސައީދުވަނީ ވިދާޅުވެފައެވެ.

ފެނަކަ އެމްޑީ ސައީދު އިއްޔެ ވަނީ ށ. ފޭދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާއި އޮފީސް ޢިމާރާތުގެ ބިންގާއެޅުމުގެ އިތުރުން، ހއ. ދިއްދޫގައި ފެނަކައިން އިމާރާތް ކުރާ އައު އިންޖީނުގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާފައެވެ.