Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,046 Stories
2,285 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

މާވަށު ގެއަކުން ކަރަންޓު ކެނޑީ އުސޫލާ އެއްގޮތަށް: ފެނަކަ
Business

މާވަށު ގެއަކުން ކަރަންޓު ކެނޑީ އުސޫލާ އެއްގޮތަށް: ފެނަކަ

ލ އަތޮޅު މާވަށު ”އާފަރު“ ގޯތިން ކަރަންޓް ކަނޑާލީ އެ ކުންފުނީގެ ގަވާއިދާއި އުސޫލާ އެއްގޮަތަށް ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި މިގޮަތަށް ބުނެފައި ވަނީ، އެ ގޯތިން ކަރަންޓު ކަނޑާލީ އުސޫލުތަކާއި ހިލާފަށް ކަމަށް އެގޭގެ ވެރިފަރާތުން ބުނެފައި ވަނިކޮށެވެ. ފެނަކައިން ބުނީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ދެވުނު ފުރުސަތުތަކުގައި ވެސް އެ ގޭގެ ވެރިފަރާތުން ފައިސާ ނުދައްކައި، ދެވުނު އެންމެ ފަހު ފުރުސަތު 03 އޮކްޓޯބަރ 2021 […]

ހިޔާ ފްލެޓުތަކުގެ ފެންބިލު ބޮޑުވި މައްސަލައަށް ހައްލެއް ހޯދަނީ
Business

ހިޔާ ފްލެޓުތަކުގެ ފެންބިލު ބޮޑުވި މައްސަލައަށް ހައްލެއް ހޯދަނީ

ހިޔާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓުތަކުގެ ފެން ބިލު ބޮޑުވެފައިވާކަން ފާހަގަ ވެފައި ވާތީ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފެންބިލު ބޮޑުވެފައި ވާކަން ފާހަގަ ކުރެވުނު ފްލެޓުތަކުގެ ވެރިންނާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ދެނެގަނެ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފެން […]

ދުވާފަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
Business

ދުވާފަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ރަށުގއ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 37 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެެވެ. މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކު...

ފެނަކަ މުވައްޒަފުންވެސް ގައުމީ ޓީމާއެކު
Business

ފެނަކަ މުވައްޒަފުންވެސް ގައުމީ ޓީމާއެކު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ގައުމީ ޓީމާއެކު ތިބި ކަން ހާމަކޮށް، އެ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދީފިއެވެ. އެ ކުންފުނިން ބުނީ، ހުރިހާ މުވައްޒަފުންވެސް ތިބީ ގައުމީ ރޫހައި ގައުމީ ޖޯޝުގައި ކަމަށެވެ. އަދި އެންމެންވެސް ތިބީ ދިވެހި ގައުމީ ޓީމާއެކުގައި ކަމަށް ފެނަކައިން ބުންޏެވެ. ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އާއި އެ ކުންފުނީގެ މުވައްޒަފުން ވަނީ ގައުމީ ޖާޒީގައި ފޮޓޯއެއް ހިއްސާކޮށްފައެވެ. ފެނަކައިގެ އިތުރުން ސަރުކާރު ގިނަ […]

ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ޓިކެޓު ހޯދުމުގެ ފުރުސަތު
Business

ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ޓިކެޓު ހޯދުމުގެ ފުރުސަތު

ސާފް ޗެމްޕިއަންޝިޕްގެ މާދަމާ ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ. “ބޯޅަ ކޮބާ” ގެ ނަމުގައި ކުރިއަށްގެންދާ މި ލަކީޑްރޯގައި ބައިވެރިވާން ބޭނުންވާ މީހުން ޖެހޭނީ އުރީދޫގެ ޓްވިޓާ އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯގައި ބޯޅަ އޮތްތަން ދިމާކުރުނަށްފަހު ރިޕްލައި ކުރާށެވެ. މިގޮތަށަ ރިޕްލައި ކުރާއިރު #OoredooSAFFChampionship2021 ޓެގު ކުރަން ޖެހޭނެއެވެ. މި ލަކީޑްރޯގައި ބައިވެރިވާން ޖަވާބު ފޮނުވޭނީ މިއަދު ހަވީރު 4:00 ޖަހަންދެންނެވެ. އުރީދޫ އަކީ މިއަހަރުގެ ސާ...

އުރީދޫ އިން ލ. އަތޮޅުގެ 4 ސްކޫލަކަށް ނަމާދުކުރަން ބޭނުންވާ ތަކެތި ހަދިޔާކޮށްފި
Business

އުރީދޫ އިން ލ. އަތޮޅުގެ 4 ސްކޫލަކަށް ނަމާދުކުރަން ބޭނުންވާ ތަކެތި ހަދިޔާކޮށްފި

ލ. އަތޮޅުގެ ހަތަރު ސްކޫލަކަށް އުރީދޫ މޯލްޑިވްސް އިން ނަމާދު ކުރަން ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ. ޓީޗަރުންގެ ދުވަހާ ގުޅިގެން އެ ކުންފުނިން ހަދިޔާކުރޮ ޕެކޭޖުގެ ތެރޭގައި ހިމެނެނީ މުސްހަފަކާއި މުސައްލައަކާއި ތަސްބީހަ ފައްޗެކެވެ. ކޮންމެ ސްކޫލްކަށްވެސް މީގެ 21 ޕެކޭޖު ވަނީ ހަދިޔާ ކޮށްފައެވެ. އުރީދޫ އިން ހަދިޔާ ބެހި ސްކޫލްތައް ލ. އަތޮޅު އެޑިއުކޭޝަން ސެންޓަރ މުކުރިމަގު ސްކޫލް  އިހައްދޫ ސްކޫލް ހަމަދް ސްކޫލް Our team in Laamu visited Mukurimagu School, […]

މިނިމަމް ވޭޖަކަށް 5،700ރ. ކަނޑައަޅަން ހުށަހަޅައިފި
Business

މިނިމަމް ވޭޖަކަށް 5،700ރ. ކަނޑައަޅަން ހުށަހަޅައިފި

ރާއްޖޭގައި ދެވޭ އެންމެ ދަށް މުސާރަ ނުވަތަ މިނިމަމް ވޭޖުގެގޮތުގައި މަހަކު 5،700ރ. ދޭން މިނިމަމްވޭޖް ބޯޑުން މިނިސްޓަރަށް ހުށަހަޅައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިނިމަމް ވޭޖު ބޯޑުގެ ނިންމުން އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. “ތިލަދުން”އަށް އެނގިފައިވާ ގޮތުގައި މިނިމަމް ވޭޖް ބޯޑުން ރޭ ނިންމީ ސިވިލް ސާވިސް މުޗައްޒަފުންގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް ދުވާލަކު ހަ ގަޑިއިރު މަސައްކަތް ކޮށްގެން މަހަކު 7،000ރ. ކަމަށެވެ. އަދި ކުދި […]

އެސްޓީއޯ އިން ޓީޗަރުންނަށް ހަދިޔާ ބަހައިފި
Business

އެސްޓީއޯ އިން ޓީޗަރުންނަށް ހަދިޔާ ބަހައިފި

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޒަރުންނަށް އެސްޓީއޯ އިން ހަދިޔާ ބަހައިފިއެވެ. އެ ކުންފުނިން ހަދިޔާ ބަހާފައިވަނީ ޓީޗަރުންގެ ދުވަހާ ގުުޅުވއިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގެ 16 ސްކޫލެއްގެ ޓީޗަރުންގެ ތެރެއިން ކޮންމެ ޓީޗަރަކަށް 250ރ. ގެ ވައުޗަރަކާއި މާބޮނޑިއެއް ވަނީ ދީފައެވެ. މި ވައުޗާ ބޭނުންކޮށްގެން އެސްޓީއޯގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެއެވެ. https://twitter.com/stoplc/status/1445317617045028872?s=20 ހުޅުމާލެ ރެހެންދި ސްކޫލްގެ ޓީޗަރުންނާ ހަދިޔާ ހަވާލ...

ކުމުންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Thiladhunmathi News

ކުމުންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިއާ އަހުމަދު ހަމީދެވެ. މި އެއްބަސްވުމުގެ ދަށުން ކުމުންދޫ ބަނދަރު ފުންކުރުމާއި ނެރު ފުން ކުރުމާއި ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި ރިވެޓްމަންޓު...

ސްޓެލްކޯއިން އިލެކްޓްރޯނިކް ކާރު އެސެމްބަލް ކުރަން ނިންމައިފި
Business

ސްޓެލްކޯއިން އިލެކްޓްރޯނިކް ކާރު އެސެމްބަލް ކުރަން ނިންމައިފި

ސްޓެލްކޯއިން އިލެކްޓްރިކް ކާރު އެސެމްބަލް ކޮށް ވިއްކަން ނިންމައިފިއެވެ. ސްޓެލްކޯއިން މިކަން އިއުލާން ކުރީ އެ ކުންފުނީގެ “ސްޓެވޯ” ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގައި މަސައްކަތްކުރާ އިންޖީނިއަރުންނަކީ ދާއިރާގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ދިވެހި އަމިއްލަ އުފެއްދުމެއްގެ ގޮތުގައި އިލެކްޓްރިކް ކާރު އުފައްދާ ބާޒާރަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މުޣުނީ ވިދާޅުވީ މިއީ ތިމ...

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވައިފި، އަމިއްލަ އިންޖީނު ވެސް އުފައްދާނެ
Business

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވައިފި، އަމިއްލަ އިންޖީނު ވެސް އުފައްދާނެ

ސްޓެލްކޯ އިން “ސްޓެވޯ”ގެ ނަމުގަައި ވޯކްޝޮޕެއް ހުޅުވައިފިއެވެ. ސްޓެލްކޯގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ވޯކްޝޮޕް ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. މި ވޯކްޝޮޕުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސެމްބަލް ކުރުމާއި ސާވިސް ކުރުމާއި ސާފު ކުރުމުގެ ހިދުމަތްތައް ހިމެނެއެވެ. އަދި، ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވި ވޮރެންޓީވެސް ލިބޭނެއެވެ. މީގެ އިތު...

އުރީދޫގެ ސޯޝަލް މީޑިއާ ކެމްޕޭނުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި
Business

އުރީދޫގެ ސޯޝަލް މީޑިއާ ކެމްޕޭނުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި

އުރީދޫ މޯލްޑިވްސް އާއި އޯކާ މީޑިއާ ގްރޫޕް ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ސޯޝަލް މީޑިއާގައި ފެށި ކެމްޕޭނުގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފިއެވެ. މިއީ މިދިޔަ އަހަރު އެ ދެ ކުންފުންޏާއި އެމްއެމްޕީއާރުސީ ގުޅިގެން ފެށި “ވިޒިޓް މޯލްޑިވްސް ނައު” ކެމްޕޭނުގެ ދަށުން ފެށި ސޯޝަލް މީޑިއާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެދަށުން ރާއްޖޭގެ ސަގާފަތާއި މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމުތަކެއް ލިބޭނެއެވެ. މިދިޔަ އޮގަސްޓް މަހުގެ 17ވަނަ ދުވަހު ފެށި މި […]

ފޭސްބުކް، ވަޓްސްއެޕް، އިންސްޓަގްރާމް ޑައުން ވެއްޖެ
International

ފޭސްބުކް، ވަޓްސްއެޕް، އިންސްޓަގްރާމް ޑައުން ވެއްޖެ

ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ އިންސްޓަގްރާމާއި ވަޓްސްއެޕާއި ފޭސްބުކް ޑައުން ވެއްޖެއެވެ. ފޭސްބުކް އިން ހިންގާ މި ތިން ސޯޝަލް މީޑިއާ ޕްލެޓްފޯމެއްވެސް ޑައުންވީ ރާއްޖެ ގަޑިން 9:00 ހާއިރުއެވެ. އިންސްޓަގްރާމާއި ވަޓްސްއެޕްގެ އިތުރުން ފޭސްބުކްގެ މަސައްކަތުގެ މަހާއުލުތަކަށް ހާއްސަ”ވޯކްޕްލޭސް” ވެސް ވަނީ ޑައުންވެފައެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެޕްތަކަށް ބައެއް މީހުންނަށް ނުވެސް ވަދެވެއެވެ. އަދި ބައެއް އެޕްތައް ލޯޑުވާން އެތައް އިރެއް ނަގާކަމަށްވެސް ވެއެވެ. މި އެޕްތައް ޑައުނ...

އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިންމާލައިފި
Thiladhunmathi News

އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިންމާލައިފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އއެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 284 މީޓަރުގެ […]

ފުރަތަމަ ހައިސްޕީޑް ފެރީ ޓްސްޓުކޮށްފި
Thiladhunmathi News

ފުރަތަމަ ހައިސްޕީޑް ފެރީ ޓްސްޓުކޮށްފި

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ދަށުން ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑް ފެރީ ޓެސްޓު ކޮށްފިއެވެ. ރާއްޖޭގެ ފުރަތަމަ ހައި ސްޕީޑު ފެރީ މޫދަށް ބެލީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އެދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އިންޖީނު ކޮމިޝަންކޮށް ޓެސްޓްކޮށްފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ދަތުރު ކުރުމަށް ބޭނުންކުރާ ފެރީތަކަކީ 30 ނޮޓުގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ފެރީތައް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާ ގުޅިގެން މިހާރު ދަނީ […]