ސްޓެލްކޯއިން އިލެކްޓްރިކް ކާރު އެސެމްބަލް ކޮށް ވިއްކަން ނިންމައިފިއެވެ.

ސްޓެލްކޯއިން މިކަން އިއުލާން ކުރީ އެ ކުންފުނީގެ “ސްޓެވޯ" ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad
rt

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގައި މަސައްކަތްކުރާ އިންޖީނިއަރުންނަކީ ދާއިރާގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ދިވެހި އަމިއްލަ އުފެއްދުމެއްގެ ގޮތުގައި އިލެކްޓްރިކް ކާރު އުފައްދާ ބާޒާރަށް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުޣުނީ ވިދާޅުވީ މިއީ ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ގިނަ ކުރުމަށް ފަށާ ޕްރޮޖެކްޓެއް ކަމަށެވެ.

"އެންމެ ގިނަ އަދަދަކަށް ތިމާވެއްޓާ ރައްޓެހި ނޫން ކެމިކަލްތައް ދޫކުރަނީ ވެހިކަލްތަކުން. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މިކަން ބަދަލުކޮށް އަޅުގަނޑުމެން ތިމާވެއްޓާ ރައްޓެހި ވެހިކަލްތަކެއް އެސެމްބަލްކޮށް ރާއްޖޭގެ މާކެޓަށް ނެރުން،"

މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ހުޅުވުމާ އެކު ތަފާތު ހިދުމަތްތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.