ހދ. ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިއާ އަހުމަދު ހަމީދެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން ކުމުންދޫ ބަނދަރު ފުންކުރުމާއި ނެރު ފުން ކުރުމާއި ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް އަދި ބަނދަރުގެ ނެވިގޭޝަން ލައިޓު ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިރަސްމިއްޔާތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ އަދި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަޙްމަދު މަޢުސޫމް ބައިވެރިވެލެއްވި އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 35.6 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.