މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޒަރުންނަށް އެސްޓީއޯ އިން ހަދިޔާ ބަހައިފިއެވެ.

އެ ކުންފުނިން ހަދިޔާ ބަހާފައިވަނީ ޓީޗަރުންގެ ދުވަހާ ގުުޅުވއިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގެ 16 ސްކޫލެއްގެ ޓީޗަރުންގެ ތެރެއިން ކޮންމެ ޓީޗަރަކަށް 250ރ. ގެ ވައުޗަރަކާއި މާބޮނޑިއެއް ވަނީ ދީފައެވެ.

Ad
rt

މި ވައުޗާ ބޭނުންކޮށްގެން އެސްޓީއޯގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރި ކުރެވޭނެއެވެ.

ހުޅުމާލެ ރެހެންދި ސްކޫލްގެ ޓީޗަރުންނާ ހަދިޔާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

ނަމަވެސް އެހެން ސްކޫލްތަކުގައި ހަދިޔާ ހަވާލު ކުރީ އެ ކުންފުނީގެ މުވައްޒަފުންނެވެ.