ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމަށްވާ އިންސްޓަގްރާމާއި ވަޓްސްއެޕާއި ފޭސްބުކް ޑައުން ވެއްޖެއެވެ.
ފޭސްބުކް އިން ހިންގާ މި ތިން ސޯޝަލް މީޑިއާ ޕްލެޓްފޯމެއްވެސް ޑައުންވީ ރާއްޖެ ގަޑިން 9:00 ހާއިރުއެވެ.
އިންސްޓަގްރާމާއި ވަޓްސްއެޕްގެ އިތުރުން ފޭސްބުކްގެ މަސައްކަތުގެ މަހާއުލުތަކަށް ހާއްސަ"ވޯކްޕްލޭސް" ވެސް ވަނީ ޑައުންވެފައެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެޕްތަކަށް ބައެއް މީހުންނަށް ނުވެސް ވަދެވެއެވެ. އަދި ބައެއް އެޕްތައް ލޯޑުވާން އެތައް އިރެއް ނަގާކަމަށްވެސް ވެއެވެ.
މި އެޕްތައް ޑައުންވާން ދިމާވި ސަބަބެއް އަދި ފޭސްބުކް އިން ހާމަ ކޮށްފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!