ސާފް ޗެމްޕިއަންޝިޕްގެ މާދަމާ ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.

“ބޯޅަ ކޮބާ” ގެ ނަމުގައި ކުރިއަށްގެންދާ މި ލަކީޑްރޯގައި ބައިވެރިވާން ބޭނުންވާ މީހުން ޖެހޭނީ އުރީދޫގެ ޓްވިޓާ އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯގައި ބޯޅަ އޮތްތަން ދިމާކުރުނަށްފަހު ރިޕްލައި ކުރާށެވެ. މިގޮތަށަ ރިޕްލައި ކުރާއިރު #OoredooSAFFChampionship2021 ޓެގު ކުރަން ޖެހޭނެއެވެ.

Ad
rt

މި ލަކީޑްރޯގައި ބައިވެރިވާން ޖަވާބު ފޮނުވޭނީ މިއަދު ހަވީރު 4:00 ޖަހަންދެންނެވެ.

އުރީދޫ އަކީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ޓައިޓަލް ސްޕޮންސަރެވެ.