ސްޓެލްކޯ އިން “ސްޓެވޯ”ގެ ނަމުގަައި ވޯކްޝޮޕެއް ހުޅުވައިފިއެވެ.

ސްޓެލްކޯގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ވޯކްޝޮޕް ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.

Ad
rt

މި ވޯކްޝޮޕުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސެމްބަލް ކުރުމާއި ސާވިސް ކުރުމާއި ސާފު ކުރުމުގެ ހިދުމަތްތައް ހިމެނެއެވެ. އަދި، ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކުރެވި ވޮރެންޓީވެސް ލިބޭނެއެވެ.

މީގެ އިތުރުން ހާއްސަ ހިދުމަތެއްގެ ގޮތުގައި އަލްޓްރާ ސްރޯނިކް ކްލީނިންގެ ހިދުމަތް ވެސް އެ ވޯކްޝޮޕުން ދޭނެއެވެ. މިއީ އަގުބޮޑު މެޝިނަރީޒް ސާފުކުރުމަށް ދޭ ހިދުމަތެކެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ވޯކްޝޮޕުގައި ތިން މޮޑިއުލެއް ވަނީ ތައާރަފުކޮށްފައެވެ. އެއީ އެސްޓީޑަބްލިޔު 300، އެސްޓީޑަބްލިޔު 600 އެސްޓީޑަބްލިޔު 800އެވެ.

ރޭގެ ރަސްމިއްޔާތުގައި ސްޓެލްކޯއިން ވަނީ ސްޓެވޯ ވޯކްޝޮޕްގައި އެސެމްބަލް ކުރި ފުރަތަމަ އިންޖީނު ދައްކާލާފައެވެ. އަދި އެކަން ކުރުމުގައި މަސައްކަތް ކުރި މުޗައްޒަފުންނަށް އަގުވަޒަން ކުރުމުގެ ހަނދާނީ ލިޔުންވެސް ވަނީ ހަވާލުކޮށްފައެވެ.