އުރީދޫ މޯލްޑިވްސްގެ ހިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދޭން ފަށައިފިއެވެ.
މި ހިދުމަތް ދޭން ފަށައި އުރީދޫ އިން ވަނީ ހާއްސަ އޮފާތަކެއް ވެސް ތައާރަފު ކޮށްފައެވެ. އެގޮތުން އުރީދޫ ސުޕަރނެޓް ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރާ އެކު އިންސްޓޯލްމަންޓް ޗާޖުތައް ވެސް ހިލޭ ލިބޭނެއެވެ.
މީގެ އިތުރުން ސުޕަރނެޓްގެ ހައިސްޕީޑް އިންޓަނެޓާއި ސުޕަރނެޓްގެ ޚިދުމަތަށް އެދޭ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މުޅިން ހިލޭ ލޭންޑްލައިން ފޯނެއް ވެސް ލިބޭނެއެވެ.
މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ފުރިހަމަ ޓެލެކޮމިއުނިކޭޝަން ސޮލިއުޝަނެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
Enme haluvi adhi enme agu heyo internet, SuperNet mihaaru Hiya Flat thakah!
Faseyhakamaa eku Khidhumaiy ballavaigathumah khaassa offer ge dhashun Router, installation adhi landline phone eh mulhin hiley.
Online koh apply kollumah: https://t.co/ZMKAXOB5xO pic.twitter.com/Y28uXYoL66
— Ooredoo Maldives (@OoredooMaldives) November 5, 2021
ދެވަނަ ފިޔަވަހީގައި އުރޯދޫގެ ހިދުމަތް ދޭން ފަށާފައިވަނީ އެ ކުންފުންޏާއި އު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކުގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!