ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުން ކުރާ ގަލްވަނައިޒްޑް ދަގަނޑު އެސްޓީއޯ އިން ގެނެސްފިއެވެ.
ގަލްވަނައިޒް ހޮލޯ ސްކޮޔާ އަކީ ކޮންސްޓްރަކްޝަން މަސައްކަތުގައި އާއްމުކޮށް ބޭނުންވާ ދަގަނޑެކެެވެ. މި ދަގަނޑުތައް އާއްމުކޮށް ބޭނުން ކުރަނީ ފްރޭމްތަކާއި ގޭޓުތައް ހެދުމުގައެވެ.
އެސްޓީއޯއިން މި ދަގަނޑުތައް ވިއްކާނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން ބައިންނެވެ.
އެސްޓީއޯ އިން ރާއްޖެއަށް ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސާމާނު އެތެރެ ކުރެއެވެ. މީގެ ތެރޭގައި ހިލަ އާއި ހިލަ ވެއްޔާއި ސިމެންތި އާއި އެ ނޫންވެސް ކޮންސްޓްރަކްޝަން ދާއިރާއަށް މުހިންމު ސާމާނު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!