އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ރ. އުނގޫފާރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. މިއީ 21.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން އައު މަގުތަކެއްގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށް، މަގު ބައްތި […]