މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގެ ފަޔަރ ބިލްޑިންގެ ފައުންޑޭޝަން އެޅުން ފާހަގަ ކުރުމަށް މ. މުލިން އެމްޓީސީސީ މުވައްޒަފުންނަށް ސައެއް ދީފިއެވެ.
މި ސައި ދެއްވީ މުލީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން އިއްޔެއެވެ.
މީމު އެއާޕޯޓުގެ މަސައްކަތުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ.
އަދި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ވެސް މި އެއާޕޯޓުގައި ހަދާނެއެވެ.
މީމު އެއަރޕޯޓް ފަޔަރ ބިލްޑިންގ ގެ ފައުންޑޭޝަން އެޅުމުގެ މުނާސަބަތުގައި، މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ޚާއްސަ ސައިފޮދެއް ބާއްވައިފި.#MTCCProjects #RayyithungeKunfuni pic.twitter.com/gx5fP0un3a
— MTCC Plc (@MTCCPlc) November 8, 2021
މިއީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!