އުރީދޫ މޯލްޑިވްސް އަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު ސާފު ފައިދާ އިތުރުވެއްޖެއެވެ.
އެ ކުންފުނީގެ ތިންވަނަ ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 109.5 މިލިއަން ރުފިޔާ ލިބިފައެވެ.
މިއީ މިއަހަރު ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 11 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 97.6 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނީ 62 މިލިއަން ރުފިޔާގެ ފައިދާއެކެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރުވެސް އިތުރުވުމެކެވެ.
މިއަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 335.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު 58 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އުރީދޫ އަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު ފައިދާއިން ހިއްސާއަަކަށް ޖެހެނީ 0.76ރ. އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!