ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރު ރަށަށް ފޮނުވައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، އެ ކޮންނަބޯޓު ހާޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް ހާބަރު ބޭސިންއަށް ޑިޕްލޮއި ކުރެވިފައިވާ ކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަދި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.